އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
23 ޖުލައި 2020
އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފެށީ މަގުބޫލް ޓްރެވަލް މަޖައްސާއެއް ކަމަށްވާ ޓްރެވަލް ވީކްލީއާ ގުޅިގެންނެވެ. މިއީ އިނގިރޭސިވިލާތުގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލް މަޖައްލާއެކެވެ.
މި ކެމްޕެއިން މި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެގޮތުން ޓްރެވަލް ވީކްލީގެ އޮންލައިން ޕްލެޓްފޯމުތަކާއި މައިކްރޯސައިޓްތަކުގެ އެހީގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ޚަބަރުތައް ޓްރެވަލް ވީކްލީ މެދުވެރިކޮށް ގެނެސްދޭނެ އެވެ.
މި ކެމްޕެއިންގެ އެންމެ ބޮޑު މަގްސަދަކީ ކޮވިޑް-19 އަށް ފަހު ޓޫރިސްޓުން ޗުއްޓީ ހޭދަކުރުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލެއްކަން އިޝްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ
އިނގިރޭސިވިލާތަކީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ވެސް ގިނަ ހަރަކާތްތަކެއް އެ ގައުމުގައި އެމްއެމްޕީއާރްސީން ހިންގި އެވެ. އޭގެ ތެރޭގައި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނާއި ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމާއި އޮންލައިން ކެމްޕެއިން ހަރަކާތްތައް ހިންގުން ހިމެނެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 126،000 ޓޫރިސްޓުން އިނގިރޭސިވިލާތުން ޒިޔާރަތްކުރި އެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު އެގައުމުން އައިސްފައިވަނީ 7،200 ޓޫރިސްޓުންނެވެ.
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ ޕްރޮމޯޓްކުރަން ގަތަރު އެއާވޭސްއިން އެއްބަސްވެއްޖެ
"ލީޑިން ޑެސްޓިނޭޝަން" އެވޯޑް މި އަހަރުވެސް ރާއްޖެއަށް