Roadha Mihaaru
ދީބާޖާގެ ވަރުގަދަ އިންޒާރުތަކެއް އޮޑިޓާ ޖެނެރަލަށް

ދީބާޖާގެ އިންޒާރު: "އޮޑިޓާ ޖެނެރަލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ވިސްނަން"

23 ޖުލައި 2020

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އެންގެވުމުން ދީބާޖާ އިން އެކަމާ ނުރުހުން ފާޅުކޮށް އޭނާ މަގާމުން ވަކިކުރަން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އެންގެވުމުން ދީބާޖާ އިން އެކަމާ ނުރުހުން ފާޅުކޮށް އޭނާ މަގާމުން ވަކިކުރަން މިއަދު ގޮވާލައިފި އެވެ.

ދީބާޖާ އިން ނެރުނު ބަޔާނެއްގައި ބުނީ، މެދު އުތުރު ސަރަހައްދުގެ ދަތުރުފަތުުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވައިލި އިރު ސަބަކަކަށް ދައްކާފައި ވަނީ އެންމެ ދެ ރަށަކަށް ދަތުރުފަތުރު ހުއްޓުން ކަމަށެވެ. އޭރު އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދައުލަތުން ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް ކޮށް ނުދީ ހުރި ކަމަށް ކުރިއްސުރެ ދައްކާ ވާހަކަ މިއަދުގެ ބަޔާނުގައި ވެސް ދީބާޖާ އިން ތަކުރާރު ކޮށްފައި ވެ އެވެ.

ސަރުކާރުން އެއްބަސްވުން އުވައިލީ އުސޫލުން ބޭރުން ކަން އަންގައި ދިނުމަށް ގިނަ ހެކިތަކެއް ބަޔާން ކުރުމަށް ފަހު، އޮޑިޓާ ޖެނެރަލަށްް ބޮޑެތި ތުހުމަތުތަކެއް ދީބާޖާ އިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ދައުލަތުން ދީބާޖާ އަށް ބަދަލު ނުދޭން އަންގައި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ދޮގު މައުލޫމާތު ހިމަނުއްވާފައިވާ ކަމަށް ބުނުމެވެ. އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް އަލުން ކުރިއަށް ގެންދަން ސަަރުކާރުން އެ ކުންފުންޏަށް މުހުލަތެއް ދިން ކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ތާރީޚުގައި ބާއްވާފައި ވަނީ ހަމައެކަނި ބައްދަލުވުމެއް ކަމަށް ދީބާޖާގެ ނޫސްބަޔާނުގައި ވެ އެވެ.

"...އެހެން ނަމަވެސް 29 އޭޕްރިލް 2013 ތާރީހަށް އިޝާރާތް ކުރައްވައި އެ ދުވަހަކީ ދަތުުރުފަތުރު ހުއްޓިގެން އަލުން ފެށުމަށް އެންގި ދުވަސް ކަން މޭރުންވާ ފަދައަކުން އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށް ހަގީގަތް އޮޅުވައިލުމުގެ ގޮތުންނެވެ،" ބަޔާނުގައި ދީބާޖާ އިން ބުންޏެވެ.

ދީބާޖާ އިން ބުނިގޮތުގައި، އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކީ އެ ކުންފުންޏަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ދައުލަތުން މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް ނުފޫޒުފޯރުވަން ނެރުނު ރިޕޯޓެކެވެ. ދީބާޖާގެ މައްސަލައިގައި ރިޕޯޓެއް ނެރެފައި ވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ހަސަން ހަނު ހުންނަވާ ކަމަށާއި އެއީ އެ މައްސަލައިގައި ޝާމިލުވާ މީހުންނާ އާއިލީ ގުޅުން އޮތުމުން ކަމަށް ވެސް ދީބާޖާ އިން ތުހުމަތު ކުރެ އެވެ.

"...އަދި މި ރިޕޯޓުގައި ހަގީގަތާ ހިލާފަށް އޮޑިޓާ ޖެނެރަލް ފާހަަގަކޮށްފައިވާ ކަންކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އަހުލިއްޔަތުލް އަދާ ގެއްލިފައިވާ ކަމަށް ކަނޑައަޅަައިދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ދީބާޖާ އިން ވިސްނާ ވާހަަކަ އޮޑިޓާ ޖެނެރަލް އަށް އަންގަަމެވެ،" --- ދީބާޖާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ އެންމެ އިސް އެއް ބޭފުޅާ އަބްދުﷲ ޒިޔަތަކީ އޮޑިޓާ ޖެނަރަލް ހަސަންގެ ކޮއްކޮއެކެވެ. އަބްދުﷲ ޒިޔަތަކީ ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރެވެ.

އޮޑިޓަ ޖެނެރަލް ހަސަނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ދީބާޖާ އިން ގޮވައިލީ އޮޑިޓާ ޖެނެރަލްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށެވެ. ހަސަން އިސްތިއުފާ ނުދެއްވައިފި ނަމަ، މަގާމުގައި ހުންނެވުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅއިދިނުން އެދި ސުޕްރީމް ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީބާޖާ އިން ދިނެވެ.

ދީބާޖާގެ ނޫސްބަޔާން

"...އަދި މި ރިޕޯޓުގައި ހަގީގަތާ ހިލާފަށް އޮޑިޓާ ޖެނެރަލް ފާހަަގަކޮށްފައިވާ ކަންކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އަހުލިއްޔަތުލް އަދާ ގެއްލިފައިވާ ކަމަށް ކަނޑައަޅަައިދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ދީބާޖާ އިން ވިސްނާ ވާހަަކަ އޮޑިޓާ ޖެނެރަލް އަށް އަންގަަމެވެ،" ބަޔާނުގައި ބުންޏެވެ.

މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެކި ގޮތްގޮތުން އެހީތެރިވި ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް ފައިސާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، އެ ކުންފުންޏާ އެކު، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އެ މަނިކުފާނަށް ލަފާ އެރުވުމުންނެވެ. އެކަމަކު، ރައީސް ވަކި ހިސާބަކުން، ދީބާޖާ އަށް ބަދަލު ދޭންޖެހޭ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް މި އަހަރުގެ ޖެނުއަރީ 22 ގައި އެންގެވި އެވެ.

އެ އެންގެވުމާ އެކު، އެ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި، އެ ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ މާޗު މަހުގެ ކުރީކޮޅު ބަލައިގަނެފަ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އޭގެ ފަހުން އަދި ކުރިއަކަށް ނުދެ އެވެ.