04 ސެޕްޓެމްބަރ 2020
ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމުން ބޭރު ގައުމުތަކުގައި ހާލުގައި ޖެހުނު ދިވެހިންނަށް އެހީގެ ފައިސާ ދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއިި އާސަންދަ އިން ގޯސްތައް ހަދާފައިވާ މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ފެންމަތިވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމުން ބޭރު ގައުމުތަކުގައި ހާލުގައި ޖެހުނު ދިވެހިންނަށް އެހީގެ ފައިސާ ދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއިި އާސަންދަ އިން ގޯސްތައް ހަދާފައިވާ މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ފެންމަތިވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ކޮވިޑް-19 އާ ގުޅިގެން އެންސްޕާ އާއި އާސަންދަ ކުންފުނިން ކުރި ޚަރަދުތަކުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި ތިއްބައި އެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުން ހާލުގައި ޖެހުނު މީހުންނަށް އެހީ ދޭނީ މާޗް، 21 ގެ ފަހުން ރާއްޖެ އަންނަން ޓިކެޓް ނަގާފައި ތިބި މީހުންނަށް ކަމަށް ވިޔަސް، ޓިކެޓުގެ ކޮޕީ ހޯދުމެއް ނެތި 26 މީހަކަށް 150،000 އަށް ވުރެ ގިނަ ރުފިޔާ އެންސްޕާ އިން ދިނެވެ. އެއީ އޭރު ބޭރުގައި ތިބި ބައެއް ކަން އަދި ދީފައި ވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރުވާނެ ގޮތެެއް ނެތް ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން، ރާއްޖެ އަންނަން ޓިކެޓް ނަގާފައިވާ ތާރީިޚުގެ ކުރިން ވެސް ތިން މީހަކަށް 116،000 އަށް ވުރެ ގިނަ ރުފިޔާ އާސަންދަ އިން ދޫކޮށްފައިވާ ކަމަށާއި ބައެއް މީހުންނަށް އާސަންދައިގެ އިތުރުން ފޮރިން މިނިސްޓްރީން ވެސް އެކަމަށް ފައިސާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން، ހަތަރު މީހަކަށް ފޮރިން މިނިސްޓްރީ އާއި އާސައިންދަ އިން ފައިސާ ދޫކުރުމުން ލިބެން ނުޖެހޭ 21،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހުންނަށް ލިބިފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވި އެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން، ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވި މީހަކަށް ވެސް 9،000 އަށް ވުރެ ގިނަ ރުފިޔާ އާސަންދަ ކުންފުނިން ދިނެވެ. އެ ފައިސާ ދޫކުރީ އޭނާ މަރުވިކަން އާސަންދަ އަށް އަންގާފައި ވަނިކޮށް ކަމަށް ރިޕޯޓުގައިވެ އެވެ. ބައެއް މީހުންނަށް ދޭންޖެހޭ އަދަދަށް ވުރެ މަދުން ފައިސާ ދިނުމާއި އަނެއް ބައި މީހުންނަށް އިތުރަށް ފައިސާ ދިނުމުގެ މައްސަލަތައް ވެސް ފެންނަން ހުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.
އޮޑިޓާ ޖެނެރަލް އެންގެވީ، އެހީގެ ގޮތުގައި އިތުރަށް ދޫކުރި ފައިސާތައް އަނބުރާ ހޯދުމަށާއި އެކަމުގައި އިހުމާލުވި މުވައްޒަފުން ޒިންމާ ކުރުވުމަށެވެ. މިދިޔަ ޖޫން މަހުގެ އެހީގެ ގޮތުގައި ޖުމްލަ 4.6 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި ވަކި މިންވަރަކަށް ވުރެ އާމްދަނީ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނީ އުސޫލުތަކާ އެއްގޮތަށް ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ. އިކޮޮނޮމިކް މިނިސްޓްރީ އާއި އެންސްޕާ ގުޅިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް 2،500 މީހުންނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު އެކަމުގައި އުސޫލާ ޚިލާފު ކަމެއް ފެންނަން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ބޭރުގައިތިބި މީހުންނަށް ފައިސާ ފޮނުވީ އެންސްޕާ އެދިގެން
ފޮރިން މިނިސްޓްރީން ޚަރަދުތައް ކުރީ ރަނގަޅަށް
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!