Roadha Mihaaru
މުދަލުގެ ޑިއުޓީ ކުޑަކުރާ އިސްލާހު ތަސްދީގުު ކުރައްވައިފި

އަތޮޅުތެރޭގެ ބަނދަރުތަކަށް ގެންނަ މުދަލުގެ ޑިއުޓީ ކުޑަކުރާ އިސްލާހު ތަސްދީގު ކުރައްވައިފި

23 ޖުލައި 2020

އަތޮޅުތެރޭގެ އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކަށް ގެންނަން މުދަލުގެ އިމްޕޯޓް ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަތޮޅުތެރޭގެ އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކަށް ގެންނަން މުދަލުގެ އިމްޕޯޓް ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެންނަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކުރީ އަތޮޅު ތެރޭގެ ބަނދަރުތަކަށް ގެންނަން ހުރިހާ މުދަލަކުން ވެސް 50 ޕަސެންޓް ޑިއުޓީ ކުޑަކުރާ ގޮތަށެވެ. އެކަމަކު އޭގެ ތެރޭގައި ދުންފަތާއި ބަނގުރަލާއި އޫރުމަސް ނުހިމެނޭނެ އެވެ.

އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ގާނޫނަކަށް ވަނީ ވެފަ އެވެ.

އެ އިސްލާހު އޮތްގޮތުން އަތޮޅުތެރޭގެ ރަސްމީ ބަނދަރުތަކަށް ބާލާ މުދަލުން ޑިއުޓީ ކުޑަ ކުރެވޭނީ އެ ސަރަހައްދެއްގައި އެ މުދަލެއް ގުދަން ކުރުމުންނެވެ.

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށާއި އެފަދަ ބާވަތްތަކުން ނަގާ ޑިއުޓީގެ މަދުވެގެން ތިން ޕަސެންޓް ޚާއްސަ ފަންޑަކަށް ޖަމާ ކުރަން ލާޒިމް ކުރުމާއި ކާރާއި ވޭން ފަދަ އުޅަނދުތަކުގެ ތެރެއިން އާ އުޅަނދުތަކުގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަ ކުރުމަށާއި އަދި ބޭނުން ކޮށްފައި ހުންނަ އެފަދަ އުޅަނދުތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސް އާއި ސެންޓުގެ ޑިއުޓީ ކުޑަ ކުރުމާއި އެނަޖީ ޑްރިންކްސްގެ ޑިއުޓީ އެ އިސްލާހުގެ ދަށުން ދެ ގުނައަށް ވަނީ ބޮޑުކޮށްފަ އެވެ.