ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން މިއަދު އިއުލާން ކޮށްފި އެވެ.
08 ޖޫން 2023
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން މިއަދު އިއުލާން ކޮށްފި އެވެ.
އެކަން އިއުލާނު ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސަންޓު ޑިޔުޓީ ކަނޑާލުމަށްޓަކައި، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"މި ކަމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ ޔޫކޭ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް އަށް ހަފުތާގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.
Welcome the announcement of the United Kingdom ??, to begin the process for a Free Trade Agreement with the Maldives ??.
— Abdulla Shahid (@abdulla_shahid) June 8, 2023
This is the culmination of targeted, and sustained efforts by President @ibusolih over the past 4 years, to eliminate the 20% tariff imposed on fishery…
ޝާހިދުގެ ޓުވީޓް
"ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ޔޫކޭގެ މާކެޓަށް ހާއްސަ އިސްކަމެއް ދެވިފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.
މެދު އާމްދަނީގެ ގައުމަކަށް 2013 ގައި ރާއްޖެ ގްރެޖުއޭޓް ވުމާ އެކު އިނގިރޭސި ވިލާތް ހިމެނޭ ގޮތުން އީޔޫގެ ގައުމުތަކުން ދެމުން އައި ލުއި ކަނޑާލައި 24 ޕަސަންޓުގެ ޑިޔުޓީއެއް ނަގަން ފެށި އެވެ.
އެކަމުގެ ސަބަބުން، ރާއްޖެ އިން ޔޫރަޕަށް ބޭރުކުރާ މަހުގެ އަގު ބޮޑުވުމާ ގުޅިގެން، ޑިއުޓީ އަށް ލުޔެއް ލިބޭތޯ ކުރީގެ ސަރުކާރުތަކުން ވެސް އައީ މަޝްވަރާ ކުރަމުންނެވެ.
އެ މަޝްވަރާތަކުން އަލި މަގެއް ފެނިފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
ގާޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު
ސީޝެލްސްގެ ރައީސް ފުރާވަޑައިގެންފި
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު
ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް
އަފްޣާނިސްތާނު މީހުންނަށް އެހީވާން ރައީސަށް ދަންނަވައިފި
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
އާއްމު މަޖިލިހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް
ލަންކާ އަށް ރާއްޖޭން މަސް އެކްސްޕޯޓްކުރެވޭނެ