26 ޖުލައި 2020
ޕްލާސްޓިކް ކުނިމަދުކުރަން މިހާރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ނަމަ 2040 އާ ހަމައަށް އަންނަ އިރު މުޅި ދުނިޔޭގައި ޕްލާސްޓި ކުނީގެ އަދަދު 1.3 ބިލިއަން ޓަނަށް އަރާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕްލާސްޓިކް ކުނިމަދުކުރަން މިހާރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ނަމަ 2040 އާ ހަމައަށް އަންނަ އިރު މުޅި ދުނިޔޭގައި ޕްލާސްޓި ކުނީގެ އަދަދު 1.3 ބިލިއަން ޓަނަށް އަރާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގއި ބުނިގޮތުގައި ޕްލާސްޓިކް ކުނީގެ މައްސަލަ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ އިރު، މީގެ ނުރައްކާ އެއްގަމުގެ އިތުރުން ކަނޑުފަޅަށް ވެސް ވަރަށް ބޮޑެވެ. އަދި ފަހަކަށް އައިސް ޕްލާސްޓިކް ކުނިބުނި ކަނޑުފަޅުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޮތް ނުރައްކާ ވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.
ދިރާސާ ހެދި އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީގެ ޓީމްގައި ހިމެނޭ ޑރ. ކޯސްޓަސް ވެލިޒް ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކުންޏާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް ކުރުން އަދިވެސް ލަހެއް ނުވެ އެވެ. އެހެންވެ މިހާރު މިހާރަށް ވެސް މަސައްކަތް ފަށައި ގަނެ، "ޓެކްނޮލޮޖީ އާއި ވަސީލަތްތަކާއި ފުރުސަތުތަކުގެ ބޭނުން ހިފަން ފަށަންވެއްޖެ" ކަމަށް ވިދާޅުވި އެވެ.
Even immediate, significant efforts to reduce plastic pollution could leave Earth with 710 million metric tons by 2040, modeling suggests, revealing an urgent need for comprehensive strategies to better manage the plastic cycle at the global level. https://t.co/dNcjfxJTk1 pic.twitter.com/0nm0QY4RSu
— Science Magazine (@ScienceMagazine) July 23, 2020
"މި މަސައްކަތަށް ދޭންވާ ސަމާލުކަން ނުދީ ފަރުވާ ކުޑަކޮށްލައިފި ނަމަ ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ބޮއްސުންލައިގެން ހިނގައިދާނެ." ކޯސްޓަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްލާސްޓިކް ކުނީގެ މައްސަލައާ ބެހޭ ގޮތުން ހެދި މި ދިރާސާ އަކީ މިކަމާ ބެހޭ ގޮތުން މިހާތަނަށް އެންމެ ސާފު މަންޒަރެއް ދައްކުވައިދޭ ދިރާސާ ކަމަށެވެ. އެހެންވެ އެއްގަމާއި ކަނޑުފަޅަށް ދިމާވެދާނެ ނުރައްކަލަކާ ދޭތެރޭ މުޅި ދުނިޔެ ހޭލަންވެއްޖެއް ކަމަށް ކޯސްޓަސް ވިދާޅުވި އެވެ.
Just released: Unprecedented marine plastics report—shows we can reduce 80% of the annual flow of plastic into the ocean in the next 20 years. https://t.co/uiVXdjZgY7#BreakingThePlasticWave pic.twitter.com/TMilNyP5VT
— Pew Environment (@pewenvironment) July 23, 2020
ދިރާސާ ހަދާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޕްލާސްޓިކްގެ އުފައްދާ މިންވަރާއި ބޭނުންކުރެވޭ މިންވަރާއި އެ ތަކެތި ނައްތައިލުމަށް ކުރެވޭ މަސައްކަތްތަކަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު އެއް ކަމަކީ މިހާރުގެ ހާލަތަށް ބަލާ އިރު ޕްލާސްޓިކާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމެވެ.
އެހެންވެ މިކަންކަމަށް ބިނާކޮށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ގޮތްތަކާއި ރައްކާތެރި ގޮތުގައި ޕްލާސްޓިކް ނައްތައިލުމާއި ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ހައްލަކަށް މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.
"އެ އަމާޒަށް މަސައްކަތްކުރަން ފަށައިފި ނަމަ ދެހާސް ސާޅީހާ ހަމައަށް އަންނަ އިރު ކަނޑަށް އުކާލެވޭ ޕްލާސްޓިކްގެ ނިސްބަތް އަށްޑިހަ ޕަސަންޓް ދަށްކުރެވިދާނެ،" ދިރާސާ އަށް ފަންޑްކުރި އެމެރިކާގެ ޕިއު ޗެރިޓަބަލް ޓްރަސްޓްގެ ފަރާތުން ވާހަކަ ދެއްކެވި ވިނީ ލޯ ވިދާޅުވި އެވެ.
ޕްލާސްޓިކާ ދެކޮޅަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކެއް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިކަންކަމެވެ.
* ޕްލާސްޓިކް އުފެއްދުމާއި ބޭނުންކުރުން މަދުކުރުން
* ޕްލާސްޓިކްގެ ބަދަލުގައި ކަރުދާހާއި ކޮމްޕޯސްޓަބަލް މެޓީރިއަލްތައް ބޭނުންކުރުން
* އުފެއްދުންތައް ރިސައިކަލްކުރެވޭ ބާވަތްތަކުން ޑިޒައިންކުރުމާއި ޕެކްކުރުން
* ދަށް/މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކުނި ނެގުމުގެ މަސައްކަތް ފުޅާކުރުން
* ރައްކާތެރި ގޮތުގައި ރިސައިކަލްނުކުރެވޭ 23 ޕަސަންޓް ޕްލާސްޓިކް ނައްތައިލަން ފެސިލިޓީތައް ގާއިމުކުރުން
* ޕްލާސްޓިކް ކުނިބުނި (އެހެން ގައުމުތަކަށް) ބޭރުކުރުން މަދުކުރުން
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
އިންސާނުންނާ ހެދި ކަނޑުގެ އަޑު ވެސް ތަޣައްޔަރުވަނީ
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ކުނި ހޮވާ ކުއްޖަކަށް ތިމާވެށީގެ އެމްބެސެޑަރުކަން
މިލަންދޫގައި ޕްލާސްޓިކް މަދުކުރަން ޖަމިއްޔާއަކުން ފަށަނީ
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ދެ ހަފުތާ ތެރޭ ދެ މިލިއަން ކޮތަޅު ލިބޭނެ: ވެމްކޯ
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!