07 ފެބުރުއަރީ 2021
އިންސާނުންގެ އަމަލުތަކުން އުފެދޭ އަޑުތަކާ ހެދި ކަނޑުތަކުގެ ގުދުރަތީ އަޑަށް އަސަރުކޮށް "ސައުންޑްސްކޭޕިން" ހަލާކުވެ، ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އިންސާނުންގެ އަމަލުތަކުން އުފެދޭ އަޑުތަކާ ހެދި ކަނޑުތަކުގެ ގުދުރަތީ އަޑަށް އަސަރުކޮށް "ސައުންޑްސްކޭޕިން" ހަލާކުވެ، ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ކަނޑުތަކުގެ "ސައުންޑްސްކޭޕިން" އަށް އަސަރުކުރަނީ ޝިޕިން އާއި ކޮންސްޓްޓްރަކްޝަނާއި ސޮނާރް އާއި ސީސްމީކް ސާވޭ ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ އަޑުތަކާ ހެދި ކަމަށެވެ. އަދި މިކަމުގެ ސަބަބުން، މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުތަކުގެ ދިރުންތަކަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރުކުރާ ގޮތަށް ގެއްލުންވާ ކަމަށް ދިރާސާގައި ބުންޏެވެ. އަދި އެކަމުގެ ހެކިތައް ވެސް މިހާރު ވަރަށް ބޮޑަށް ފާހަގަވާން އެބަހުރި ކަމަށް ދިރާސާގައި ބުންޏެވެ.
ދިރާސާ ޓީމުގައި ހިމެނޭ، ކިންގް އަބްދުﷲ ޔުނިވަސިޓީގެ ޕްރޮފެސަރު ކާލޯސް ޑުއާޓް ވިދާޅުވި ގޮތުގައި އިންސާނުންގެ އަމަލުތައް ހުރީ ކަނޑުގެ ދިރުންތަކުގެ އަގު ވަޒަންނުކުރާ ބީދައަކުންނެވެ.
"އަހަރެމެން މި ވަނީ އެ މާހައުލަކީ އަގެއް ނެތް ޑިގްރޭޑް ތަނެއްގެ ތަނެއްގެ ގޮތުގައި ދެކެން ފަށާފައި،" ވިދާޅުވި އެވެ.
Humans Are Making Oceans Noisier, Harming Marine Life | Time
— Carlos Duarte (@duarteoceans) February 5, 2021
@KAUST_News https://t.co/rmY0Bw5dHe
ކަނޑުތަކުގެ "ސައުންޑްސްކޭޕިން" ހަލާކުވަމުން ދިއުމުގެ ނަތީޖާ އަކީ އާންމުކޮށް ކަނޑުތަކުގެ އެތައް މޭލަކަށް ފޮނުވައިދޭ ރާޅުބާނީގެ އަޑާއި އެ އަޑުތަކަށް ބަރޯސާވެ ކާނާ ހޯދުން ފަދަ ކަންކަމަށް މަސައްކަތްކުރާ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމެވެ.
"ކަނޑުގެ ސައުންޑްސްކޭޕިން އަކީ އެތަނުގެ ދިރުންތައް ކާނާ ހޯދުމާއި އެއް ތަނުން އަނެއް ތަނަށް ދިއުމާއި މުއާމަލާތްކުރުމާއި ސޯޝަލް އިންޓަރެކްޝަނަށް ވެސް ވަރަށް މުހިއްމު އެއްޗެއް. މިސާލަކަށް ނަގާ ކަމަށް ވަންޏާ ހަމްޕްބެކް ވޭލްސް އަކީ ކަނޑުގެ ގުދުރަތީ އަޑަށް ވަރަށް ބޮޑަށް ބަރޯސާވާ އެއްޗެއް،" ޑުއާޓާ ވިދާޅުވި އެވެ. "އެކަމަކު އިންސާނުންގެ އަމަލުތަކާ ހެދި މި ދިރުންތަކުގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި."
To understand the ocean soundscape and the noise humans introduce take 6 minutes to listen to the audio clip at:https://t.co/6LE3EjIgvb
— Carlos Duarte (@duarteoceans) February 5, 2021
By @janawinderen
Check the legend here
? pic.twitter.com/PV1yJDdARP
ދިރާސާގައި ބުނީ މި މައްސަލަ މިގޮތަށް ދެމިގެންދާ ނަމަ ކަނޑުގެ ވަރަށް ގިނަ ދިރުންތަކަށް ވަރަށް ގިނަ ގޮތުން ގެއްލުންވާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް އަލަށް އާލާވާ މަހުގެ ލާވާތަކަށް އަޑުގެ މައްސަލަ ދިމާވެފައިވާ ކަމަށް ދިރާސާގައި ބުންޏެވެ.
"އެ އެއްޗިއްސަކީ އިވޭ ގުދުރަތީ އަޑާއެކީ އެކިއެކި ދިމާއަށް ދައުރުވާ އެއްޗެހި. އެކަމަކު ކަނޑުތަކުގެ ސައުންޑްސްކޭޕިން ހަލާކުވަމުންދާތީ ލާވާތަކަށް އެ އަޑު މިހާރަކު ނުލިބޭ،" ޑުއާޓާ ވިދާޅުވި އެވެ. "ނުވަތަ އެފަދަ އަޑުތައް އިވުމުގެ ގާބިލުކަމެއް އެއްޗިއްސަށް ލިބިގެނެއް ނުވޭ."
މެރިން ސައިންޓިސްޓެއް ކަމަށްވާ ލަންޑަންގެ ޒޫލޮޖިކަލް ސޮސައިޓީގެ ޑރ. ހީދާ ކޯލްޑްވީ ވިދާޅުވީ ކަނޑުގެ ދިރުންތަކަކީ ވަރަށް ގިނަ ކަންކަމަށް އަޑު ބަރޯސާކުރާ އެއްޗެހި ކަމަށެވެ.
"އޭގެ ތެރޭގައި އެބަ ހިމެނޭ އެކަތި އަނެއްކައްޗ ބައްދަލުވެ މުއާމަލާތް ހިނގުމާއި ގުޅުންތައް އުފެދުމާއި ދަރިން އާލާވުން ފަދަ އެތައް ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ހެލްދީ އޯޝަންތަކަށް މަގުފަހިނުކޮށްދޭ ކަމަށް ވަންޏާ ދިރުންތައް އާލާވާން ހުރަހަކަށް ވާނެ. މިކަމާ ބެހޭ ޖެހޭ މިހާރަށް ވުރެ ފުންކޮށް ވިސްނަން."
ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި އިންސާނުންގެ އަމަލުތަކާ ހެދި ކަނޑުތަކުގެ "ސައުންޑްސްކޭޕިން" އަށް ނޭދެވޭ އަސަރުކުރަމުންދާ އިރު މިދިޔަ އަހަރަކީ މިކަމަށް ކޮންމެވެސް ވަރެއް ހެޔޮ ބަދަލުތަކެއް އައި އަހަރެކެވެ. ސަބަބަކީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ވިދިގެން ކުރިމަތިވި ލޮކްޑައުންތަކާ އެކު އިންސާނުންގެ ހަރަކާތްތައް ވެސް ބޮޑަށް މަދުވެގެން ދިއުމެވެ.
ރިސާޗަރަކު ކަނޑުގެ އަޑުތައް ރެކޯޑްކުރަނީ.
"މިދިޔަ އަހަރަކީ ދުނިޔޭގެ ފަސްދޮޅަސް ޕަސަންޓް މީހުން ލޮކްޑައުންގައި ތިބެން ޖެހުނު އަހަރެއް. އޭގެ ސަބަބުން އިންސާނުންގެ ފަރާތުން ކަނޑުތަކަށް ކުރިމަތިވި ނޮއިސް ޕޮލިއުޝަން ވިހި ޕަސަންޓަށް ދަށްވެގެން ދިޔަ." ޑުއާޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަބަބާ ހުރެ ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑު މިނިވަންކަމަކާއި ފަސޭހަ ކަމެއް ލިބި މެމަލް ފަދަ އާއިލާތަކަށް ނިސްބަތްވާ ބޮޑެތި ދިރުންތައް އައްސޭރި ފަށަށް ވެސް ދަތުރުކޮށް، އެ އެއްޗެހި ބޭނުންވާ ގުދުރަތީ ވެށި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނެވެ.
"އެހެންވީމަ އެބަޖެގޭ ކްލައިމެޓް ޗޭންޖާއި ޕްލާސްޓިކް ޕޮލިއުޝަން ފަދަ މައްސަލަތަކާ ދޭތެރޭ ވެސް ފިކުރުކުރާ ވަރަށް މިހާރު ކަނޑުތަކުގެ ނޮއިސް ޕޮލިއުޝަނާ ދޭތެރޭ ވެސް ވިސްނަން." ޑުއާޓް ވިދާޅުވި އެވެ.
2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
ބޮޑު ދިރާސާގައި ފުރަތަމަ ކަނޑަށް ފައިބަނީ އަންހެނުން
ސައުދީގެ "ނެޓް ޒީރޯ" އަމާޒު 2060 އަށް
މަޝްރޫމުން ސިމެންތި ހެދިދާނެ
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ
"އެޗްޑީ ސްޓްރީމިން އިން ތިމާވެއްޓަށް ގެއްލުން ބޮޑު"
ސައުދީން 10 މިލިއަން ގަސް އިންދަނީ
ޖޫސްބޯ ޕްލާސްޓިކް ހޮޅި އާއި ކަފަބުރު ޔޫކޭގައި މަނާކޮށްފި
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި