23 އޮކްޓޯބަރ 2016
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދޭތެރޭ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވަމުން ގެންދަވަނީ، ކޯޓުތައް މެދުވެރިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު ވެސް ކަން ކުރެއްވި އުސޫލުން ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދޭތެރޭ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވަމުން ގެންދަވަނީ، ކޯޓުތައް މެދުވެރިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު ވެސް ކަން ކުރެއްވި އުސޫލުން ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގައި މައުމޫން އަދާ ކުރައްވާ ޒިންމާތައް ކޯޓު މެދުވެރިކޮށް ރައީސް ޔާމީން ނެންގެވި މައްސަލާގައި ކަންބޮޑުވުން ފާޅު ކޮށް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވުމުގެ ހައްގުން ވެސް މައުމޫން މަހުރޫމް ކުރައްވާފައިވާ ކަމަށެވެ. މައުމޫންގެ މަސްލަހަތު އޮތް އެ މައްސަލަ، ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދުގެ ގާތް ބޭފުޅަކު ލައްވައި ހައި ކޯޓުގައި އިސްތިއުނާފް ކުރުވީ ވެސް އެ ހައްގު ނިގުޅައިގަތުމަށް ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.
މައުމޫނާ މެދު އަމަލު ކުރައްވަނީ ނަޝީދާ މެދު އަމަލު ކުރެއްވި ގޮތަށް ކަމުގެ ހެކި ދައްކަވަމުން ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހައްގު ސަރުކާރުން ގެއްލުވާލާފައިވާ ކަމަށެވެ. ހައި ކޯޓުގައި އިސްތިއުނާފް ކޮށް ފަހުން، ސުޕްރީމް ކޯޓަށް ދައުލަތުން އެ މައްސަލަ ވެއްދީ، ބަޔާނުގައި ބުނި ގޮތުގައި، ނަޝީދަށް ލިބިވަޑައިގެންފައިވާ އިސްތިއުނާފްގެ ހައްގުންނާއި އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކަކުން އެ މަނިކުފާނު މަހުރޫމް ކުރުމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިއަދު ފެނިގެން މިދަނީ، އިސްވެ ދެންނެވި މައްސަލާގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރުއީ ކޯޓުތައް މެދުވެރިކޮށް ސަރުކާރުން އަމަލުކުރި އުސޫލުން ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ވެސް ސަރުކާރާއި ޝަރުއީ ކޯޓުތަކުން އަމަލު ކުރަމުންދާ މަންޒަރެވެ،" ބަޔާނުގައިވެ އެވެ.
ނަޝީދުގެ އޮފީހުން ބުނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި ޖިނާއީ އެހެނިހެން ބޮޑެތި ކުށްތަކާ ދެކޮޅަށް ބަސް ބުނާ ސިޔާސީ ހުރިހާ ފަރާތްތަކެއް ނެތިކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޑިމޮކްރަސީގެ އަސާސްތަކާއި އިންސާނީ ހައްގުތައް ރާއްޖެ އިން ފޮހެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް ޔާމީންގެ ޝިކާރައަކަށް އިތުރު ބަޔަކު ވުމުގެ ކުރިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސިޔާސީ ޕާޓީތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ހައްލު ނުވެ ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ވަނީ ޕީޕީއެމް ރައީސްގެ ބާރުތައް ރައީސް ޔާމީނާ ހަވާލު ކުރައްވައިފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އަމިއްލަ ފަރާތަކުން އިސްތިއުނާފް ކުރުމުން، މިއަަދު ހަވީރު އެ ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފަ އެވެ.
"އިންތިހާބު ފަސްކުރުމުން ގާނޫނީ ހުސްކަމެއް އަންނާނެ"
މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައެއް ނުގަތް
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
މައުމޫން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
ޕީޕީއެމްގެ މުދާ ހޯދަން ފޮނުވި ސިޓީއާ ހަވާލެއް ނުވި
ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް