Roadha Mihaaru
މިނިވަން ދުވަހަށް ދިރާގުން 55 ޕަސެންޓް ޑޭޓާ

55 ވަނަ މިނިވަން ދުވަހަށް ދިރާގުން 55 ޕަސެންޓް އިތުރު ޑޭޓާ

26 ޖުލައި 2020

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން 55 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން 55 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ޕްރީޕެއިޑް މިނި އެޑްއޮންސް އަދި ޕޯސްޓް ޕެއިޑް ބޫސްޓާތަކުން 55 ޕަސެންޓު އިތުރު ޑޭޓާ އެލަވެންސް ލިބޭނެ އެވެ. މި އެލަވެންސްތައް ލިބޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ދެމެދު ބޫސްޓާތައް އެކްޓިވޭޓް ކުރާ ކަސްޓަަމަރުންނަށެވެ.

ދިރާގުން ބުނީ އެހެން އަހަރުތަކާ މި އަހަރުގެ މިނިވަން ދުވަސް ތަފާތުވި ނަމަވެސް މި ޕްރޮމޯޝަންގެ ސަބަބުން އެ ކުނފުނީގެ ކަސްޓަމަރުންނަށް މިނިވަން ދުވަސް ޑިޖިޓަލްކޮށް ފާހަގަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އާއިލާ އާއި ރަހުމަތްތެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ވެސް މި އެލަވެންސް އިން އެހީވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދިރާގުން އުއްމީދު ކުރަނީ މި އިތުރު ޑޭޓާގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާ އަށް ފޮނުވާ، މި ޗުއްޓީތެރޭގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިތްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދާނެ ކަމަށް،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ވަގުތު ގޭގައި ތިބެން ޖެހުމާ ގުޅިގެން ދިރާގުން ވަނީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ތަފާތު އެކި ޕްރޮމޯޝަނައްތައް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދިނުމާއި ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމާއި ހިލޭ ރައުޓާ ދިނުން ފަދަ ޕްރޮމޯޝަންތައް ހިމެނެ އެވެ.