Roadha Mihaaru
300 ޑްރޯން ބޭނުންކޮށްގެން ބޭއްވި ޝޯގެ ތަރުހީބު ބޮޑު

300 ޑްރޯން ބޭނުންކޮށްގެން ބޭއްވި ޝޯ އަށް ބޮޑު ތަރުހީބެއް

30 ޖުލައި 2023

ރާއްޖޭގަައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ޝޯ އަށް ރޭ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ހޯމް މިނިސްޓްރީއާ އެކު އެ ޝޯ އިންތިޒާމުކުރި ދިރާގުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގަައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ޝޯ އަށް ރޭ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ހޯމް މިނިސްޓްރީއާ އެކު އެ ޝޯ އިންތިޒާމުކުރި ދިރާގުން ބުނެފި އެވެ.

އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ، އެއީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ މި ފަދަ އެންމެ ފަހުގެ ޓެކް ރާއްޖެ އަށް ތައާރަފުކޮށް، ދިވެހިންނަށް ތަފާތު އާ ތަޖުރިބާތަކެއް ގެނެސްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑްރޯން ޝޯ ބޭއްވީ، މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. މި ފަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ހަ ދުވަހުގެ މުއްދަތަށް ހުޅުވި ކާނިވަލުގައި ރޭ ބޭއްވި ޝޯ ގައި 300 ޑްރޯން ބޭނުންކޮށްގެން ރީތި ދިވެހިވަންތަ ޑިޒައިންތައް ދެއްކި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް އެ ޝޯ ބެއްލެވި އެވެ.