Roadha Mihaaru
"ކޮކަ ކޯލާ ވިތު ކޮފީ" އަންނަ ޖެނުއަރީގައި

"ކޮކަ ކޯލާ ވިތު ކޮފީ" އަންނަ ޖެނުއަރީގައި ނެރެނީ

02 އޯގަސްޓް 2020

ކޮކަ ކޯލާގެ އެކި ރަހަތައް މީގެ ކުރިން ވެސް ތަޖުރިބާކުރެވިފައިވާނެ އެވެ. އަދި ގިނަ ބަޔަކު އެ ބުއިމަކަށް ލޯބިކުރާ ކޮފީގެ ރަހަ ކުރިއަށް ވުރެ މާ ރަނގަޅަށް ކޯކަށް އައުމަކީ ކޮން ކަހަލަ ބަދަލަކަށް ވެދާނެ ހެއްޔެވެ؟ ޓިޕިކަލް ކޯކަށް ވުރެ ކޮފީގެ ރަހަ މީގެތެރެއަށް އައުމަކީ ވަރަށް ތަފާތު ކަމަކަށް ވާނެ އެވެ. އެކަމަކު ކޮފީގެ ރަހައާ އެކު 2006 ގައި ނެރުނު "ކޮކަ-ކޯލާ ބްލެކް" އަކީ ކަސްޓަމަރުންނަށް މާ ކަމުދާ އެއްޗަކަށް ނުވުމުން ދެ އަހަރެއްހާ ދުވަސް ފަހުން 2008 ގައި އެ އުފެއްދުން އެމެރިކާގެ ބާޒާރަށް ނެރުން ހުއްޓާލަން ޖެހުނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކަމަކު އަނެއްކާ ވެސް ކޮފީގެ ރަހަ ކޯކަށް މި ގެންނަނީ ކަސްޓަމަރުންގެ ޓޭސްޓް ތަފާތުވުން އަންނާތީ ކަމަށް ކޮކަ-ކޯލާ އިން ބުންޏެވެ.

އެހެންވެ މިހާރު ތައްޔާރު ވަނީ އެކަމަށެވެ. ހުކުރު ދުވަހު އެ ކުންފުނިން އިއުލާންކުރި ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކޮފީގެ ރަހަ ދޭ ކޮފީ އެމެރިކާގެ ބާޒާރަށް ނެރޭނެ އެވެ. ބްރެޒިލްގެ ކޮފީ ބޭނުންކޮށްގެން ތައްޔާރުކުރާ "ކޮކަ-ކޯލާ ވިތު ކޮފީ" ގެ ނަމުގައި މި ބުއިން ގެނެސްދޭ އިރު، އެއާ އެކު ތިން ފްލެވާއެއް ގެނެސްދޭނެ އެވެ. އެއީ "ޑާކް ބްލެންޑް" އާއި "ވެނީލާ" އާއި "ކެރަމަލް" އެވެ.

މިއިން ކޮންމެ ވައްތަރެއްގެ ބުއިމެއްގެ ކޮފީން ލިއްބައިދޭ ކެފެއިންގެ 69 ގްރާމް އެކުލެވޭނެ އެވެ. މިއީ ކުރިން ނެރެފައިވާ ކޯކްގައި އެކުލެވޭ ކެފެއިން އެކުލެވޭ ނިސްބަތަށް ވުރެ އިތުރު އަދަދެކެވެ. ކުރިން ނެރެފައިވާ ޑައިޓް ކޯޓްގައި އެކުލެވެނީ 46 މިލިގްރާމްގެ ކެފެއިނެވެ.

ކޮކަ ކޯލާ އިން ބުނީ ކުރިން ކޮފީ ކޯކް ފްލޮޕަކަށްވީ އެ ނެރުނު ދަނޑިވަޅު ގޯސްވުމުން ކަމަށެވެ. އެކަމަކު އަނެއްކާ ވެސް އާ ރަހަތަކަށް ކަސްޓަމަރުން އެދޭ ކަމަށް ބުންޏެވެ. އެހެންވެ މި ފަހަރު "ކޮކަ-ކޯލާ ވިތު ކޮފީ" އަކީ ހިޓަކަށްވާނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"މިއީ ޔުނިކް ހައިބްރިޑް އުފެއްދުމެއް. އަދި ރިފްފްރެސްމެންޓަކަށް އެންމެ ކަމުދާނެ ކަހަލަ ބުއިމަކަށްވާނެ." ކޮކަ-ކޯލާ އިން ބުންޏެވެ.