ޕެޕްސީން މި ދައްކަނީ ވާދަވެރި ކޮކަ ކޯލާގެ ވާހަކައެއް ނޫނެވެ. އެކަމަކު ނަމުން ވައްތަރީ އެވެ. އަހަރުގެ ކުރީކޮޅު ނެރެން ޕެޕްސީން ތައްޔާރުވަމުން އަންނަނީ "ކޮކޯ ކޯލާ" އެވެ. މިއީ ޗޮކްލެޓްގެ ރަހަ އެކުލެވޭ ޕެޕްސީގެ އާ ރަހައެކެވެ.
23 ޑިސެމްބަރ 2020
ޕެޕްސީން މި ދައްކަނީ ވާދަވެރި ކޮކަ ކޯލާގެ ވާހަކައެއް ނޫނެވެ. އެކަމަކު ނަމުން ވައްތަރީ އެވެ. އަހަރުގެ ކުރީކޮޅު ނެރެން ޕެޕްސީން ތައްޔާރުވަމުން އަންނަނީ "ކޮކޯ ކޯލާ" އެވެ. މިއީ ޗޮކްލެޓްގެ ރަހަ އެކުލެވޭ ޕެޕްސީގެ އާ ރަހައެކެވެ.
ޕެޕްސީން ބުނި ގޮތުގައި މި ބުއިމަކީ ކޮކޯގެ ތެރެއިން މާޝްމެލޯގެ ރަހައާ އެކު "ހޮޓް ޗޮކްލެޓެއް" ގެ އިހުސާސްކޮށްދޭނެ ވަރަށް ތަފާތު ބުއިމަކަށް ވާނެ އެވެ.
ޕެޕްސީގެ މާކެޓިންގެ ވައިސް ޕްރެޒިޑެންޓް ޓޮޑް ކަޕްލަން ވިދާޅުވި ގޮތުގައި "ޕެޕްސީ ޓެސްޓް ކިޗެން" ގެ ދަށުން ނެރޭ "ކޮކޯ ކޯލާ" އަކީ ވަރަށް ބޮޑު ބަލިމަޑުކަމެއް ތަޖުރިބާކުރަން ޖެހި 2020 ނިންމާލައި އާ އަހަރަށް މަރުހަބާ ކިޔާ ބުއިމެކެވެ.
What’s sweeter than saying “bye” to the worst year ever? Pepsi “Cocoa” Cola - the latest concept from the Pepsi Test Kitchen.
— Pepsi (@pepsi) December 17, 2020
Want to try and get your hands on it? 2,021 RTs and we’ll make a batch.#PepsiCocoaCola pic.twitter.com/WbZeGDGxVM
ނަމަވެސް "ކޮކޯ ކޯލާ" ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"އެކަމަކު އަހަރެމެން މިހާރު ވެސް ދޭނެ ކަށަވަރު ކަމަކީ އަންނަ އަހަރު ލިބޭނެ އެންމެ މީރު ރަހައަކަށް ޕެޕްސީގެ ކޮކޯ ކޯލާ ވާނެކަން،" ޕެޕްސީން ބުންޏެވެ.
Well, it looks like you’re all pretty thirsty for some Pepsi “Cocoa” Cola. Stay tuned for details coming in 2021!
— Pepsi (@pepsi) December 17, 2020
މި ކޯލާ ޕްރޮމޯޓްކުރަން ޕެޕްސީން ވަނީ ކަސްޓަމަރުންގެ ކިބައިން ކަމަކަށް ވެސް އެދިފަ އެވެ. އެއީ "ކޮކޯ ކޯލާ" ގެ ވާހަކަ ހިއްސާކުރި ޓްވީޓް އެންމެ މަދުވެގެން 2،021 ފަހަރު ރިޓްވީޓްކުރުމެވެ. މިހާރު ވެސް އެތައް ބަޔަކު އެ ރިޓްވީޓްކޮށް ކޮމެންޓްތަކާއި ލައިކާއި ޝެއާ ވެސް ވަރަށް ގިނައިން ދީފައިވެ އެވެ.
ޕެޕްސީ އަކީ ކޯލާ ބްރޭންޑްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. ޕެޕްސީގެ ފެށުމަކީ މީގެ 127 އަހަރު ކުރިން ނެރުނު "ބްރެޑްސް ޑްރިންކް" އެވެ. އޭގެ ފަހުން "ޕެޕްސީ-ކޯލާ" އަށް 1898 ގައި ނަން ބަދަލުވުމަށް މިހާރު މި ކިޔާ ގޮތަށް "ޕެޕްސީ" އަށް ނަން ބަދަލުވީ މީގެ 59 އަހަރު ކުރިން 1961 ގަ އެވެ. މީގެ ދަށުން އެތައް ރަހައެއްގެ ކޯލާ ނެރެ އެވެ.
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
ކޮކަ ކޯލާގެ ބައި ގަރުނުވީ "ޓެބް" ހުއްޓާލަނީ
"ކޮކަ ކޯލާ ވިތު ކޮފީ" އަންނަ ޖެނުއަރީގައި
ކޮކަ ކޯލާގެ އާ ރަހައަކީ "އޮރެންޖް ވެނީލާ"
ސްޕްރައިޓާ ގުޅޭ ހާއްސަ ކެމްޕެއިނެއް ބާއްވައިފި
ދޫންޏަށް ލޯބިކުރާ މީހުންނަށް "ސްމާޓް ބާޑް ފީޑާ"
ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ