Roadha Mihaaru
ޓިކްޓޮކުން ޔޫރަޕަށް 300 މިލިއަން ޑޮލަރުގެ ފަންޑެއް

ޓިކްޓޮކުން ޔޫރަޕަށް 300 މިލިއަން ޑޮލަރުގެ ފަންޑެއް

03 އޯގަސްޓް 2020

ޗައިނާގެ ޓިކްޓޮކަކީ މިހާރު ވަރަށް ގިނަ ޒުވާނުން އާމްދަނީ ހޯދަން ވެސް ބޭނުންކުރާ ވަސީލަތެކެވެ. އެ ޕްލެޓްފޯމްގައި ހުނަރުތައް ދައްކައިދީގެން މަޝްހޫރުކަން ހޯދާ މީހުން ވެސް އަންނަނީ އިތުރުވަމުންނެވެ. ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން މިހާރު ވަނީ އެ ޕްލެޓްފޯމް ބޭނުންކުރާ ޔޫރަޕްގެ ގައުމުތުގެ މީހުން ކުރިއަރުވަން 300 މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިން އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ފުރަތަމަ ފިޔަވައްސަށް ވަނީ 70 މިލިއަން ޑޮލަރު ކަނޑައަޅައިފަ އެވެ. ޓިކްޓޮކުން ބުރާސްފަތި ދުވަހު ބުނި ގޮތުގައި ޔޫރަޕަށް ހޭދަކުރަން ނިންމާފައިވާ 300 މިލިއަން ޑޮލަރުގެ ފަންޑަކީ ޓިކްޓޮކަށް ޝައުގުވެރި ކޮންޓެންޓްތައް ތައްޔާރުކޮށްދޭންް ބޭނުންވާ މީހުންނަށް ހުޅުވައިލާ ފުރުސަތެކެވެ. އޭގެ މާނަ އަކީ ސީދާ ޓިކްޓޮކަށް މަސައްކަތްކޮށްދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ޔޫރަޕްގެ ގައުމުތަކުގެ ޒުވާނުންނަށް ލިބުމެވެ. ޓިކްޓޮކުން ބުނެފައިވާ ގޮތުގައި މީގެ އެންމެ ބޮޑު މަގުސަދަކީ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދީ، ހުނަރާއި އުފެއްދުންތެރިކަން ކުރިއަރުވަން ހިތްވަރު ދިނުމެވެ.

މިދޔަ މަހުގެ 23 މިފަދަ ފަންޑެއް އެމެރިކާ އަށް ވެސް ޓިކްޓޮކުން ކަނޑައަޅާފައިވެ އެވެ. އެކަމަކު އެ ގައުމުގެ އަމާޒު މިހާރު ހުރީ ޓިކްޓޮކަކީ އެމެރިކާގެ އެއްޗަކަށް ހަދަން ބައިޓްޑާންސުން އެއްބަސްނުވާ ނަމަ އެ އެޕް އެމެރިކާގައި މަނާކުރުމެވެ. އެމެރިކާ އަށް ޓިކްޓޮކުން ކަނޑައެޅި ޕްރޮގްރާމްގެ ފުރަތަމަ އަހަރަށް 200 މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސާފައިވެ އެވެ. މި ފަންޑުން ކުރިއަށް ގެންދާ ކަންކަމަށް ކުރިމަތިލެވެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

ޔޫރަޕަށް ކަނޑައެޅި 300 މިލިއަން ޑޮލަރުގެ ފަންޑާ ގުޅޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް ތަފުސީލުތައް ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ޓިކްޓޮކަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން މިހާރު އެންމެ މަގުބޫލު އެކައްޗެވެ. މިއީ 15 ސިކުންތުގެ ވީޑިއޯ އަޕްލޯޑްކުރެވޭ ޕްލެޓްފޯމެކެވެ.

ޓިކްޓޮކްގެ އެންމެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި މިދިޔަ ޖޫން މަހު ވަނީ އެ އެޕް އެ ގައުމުގައި މަނާކޮށްފަ އެވެ. ސަބަބަކީ ޗައިނާ އާއި އިންޑިއާގެ ގުޅުން ގޯސްވެ، އިންޑިއާގެ އުފެއްދުންތަކާ ދުރަށް ދާން އިންޑިއާ އަމާޒުުހިފާފައި އޮތުމެވެ.