Roadha Mihaaru
ކްލަބްހައުސްގައި އިންވައިޓްކުރެވޭ އާ ގޮތެއް

ކްލަބްހައުސްގައި އިންވައިޓް ކުރެވޭ އާ ގޮތެއް ޓެސްޓް ކުރަނީ

19 ސެޕްޓެމްބަރ 2021

ކްލަބްހައުސްގައި އެހެން މީހުންނަށް އިންވައިޓްކުރެވޭ އާ ގޮތެއް ޓެސްޓްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްލަބްހައުސްގައި އެހެން މީހުންނަށް އިންވައިޓްކުރެވޭ އާ ގޮތެއް ޓެސްޓްކުރަން ފަށައިފި އެވެ.

މިއީ އެ އެޕްގެ ލޯގޯއެއްގެ ގޮތުގައި ވެސް ބޭނުންކުރާ އަތްތިލަ އިން އިޝާރާތެއްކޮށްލުމުން އަނެއް ފަރާތުން އިޖާބަ ލިބުމުން އޯޑިއޯ ރޫމަށް ވައްދައިދޭ ފީޗާއެކެވެ. މިއަށް ދީފައިވާ ނަމަކީ "ވޭވް" އެވެ. މި ފީޗާގެ ވާހަކަ އަދި ކްލަބްހައުސް އިން ރަސްމީކޮށް ހާމަނުކުރި ނަމަވެސް މިފަދަ މައުލޫމާތުތައް ގެނެސްދޭ ރިސާޗަރެއް ކަމަށްވާ ޖޭން މަންޗުން ވޮންގް ވަނީ ސްކްރީންޝޮޓްތަކަކާ އެކު ޓްވިޓާގައި "ވޭވް" ގެ ވާހަކަ ހިއްސާކޮށްފަ އެވެ.

ބައެއް މީޑިއާތަކުން ބުނީ މިހާރު ޓެސްޓިން މަރުހަލާގައި އޮތް "ވޭވްސް" ވަރަށް އަވަހަށް ކްލަބްހައުސް އެޕަށް އިތުރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ޕްރޮފައިލްގައި އިންނަ ބަޓަނެއްގެ ގޮތުގަ އެވެ. އަދި ފީޗާ އަކީ ކެޝުއަލް/ސޯޝަލް މުއާމަލާތްކަށް ހާއްސަ ފީޗާއަކަށް ވާނެ އެވެ.

ކުލަބްހައުސްގައި އެންމެ ކުރިން ބައިވެރިވެވެނީ އެ އެޕް ބޭނުންކުރާ އެހެން މީހެއްގެ ފަރާތުން އަންނަ އިންވިޓޭޝަނަކާ ގުޅިގެންނެވެ. އެހެންވެ ކުރިން އެއާ ގުޅެން ވަގުތު ވެސް ނަގަ އެވެ. އެކަމަކު "އިންވައިޓް-އޮންލީ" ޖުލައި މަހުގެ ފަހުކޮޅު ވަނީ އުވާލައިފައިފަ އެވެ.

އޯޑިއޯ އެޕް އެޕެއްގެ ގޮތުގައި ވ ުޖޫދަށް އައި ނަމަވެސް ކްލަބްހައުސްގައި ޑީއެމް (ޑައިރެކްޓް މެސެޖް) ވެސް ކުރެވޭ ގޮތް ޖުލައި މަހުގެ ތެރޭގައި ހަދާފައިވެ އެވެ.