Roadha Mihaaru

ކްލަބްހައުސްގެ "ވޭވް" އެންމެންނަށް މިހާރު ލިބޭނެ

ކްލަބްހައުސްގައި މީހުންނަށް އިންވައިޓްކުރުމަށް، އަތްތިލަ އިމޯޖީން އިޝާރާތެއްކޮށްލެވޭ ފީޗާ "ވޭވް" އާންމުކޮށް ދޫކޮށްލައިފި އެވެ.

ކްލަބްހައުސްގެ "ވޭވް" އެންމެންނަށް މިހާރު ލިބޭނެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

25 ސެޕްޓެމްބަރ 2021

ކްލަބްހައުސްގައި މީހުންނަށް އިންވައިޓްކުރުމަށް، އަތްތިލަ އިމޯޖީން އިޝާރާތެއްކޮށްލެވޭ ފީޗާ "ވޭވް" އާންމުކޮށް ދޫކޮށްލައިފި އެވެ.

މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްބަސްހައުސް އިން ބުނީ އެންޑްރޮއިޑާއި އައިއޯސް ބޭނުންކުރާ މީހުންނަށް އާ ފީޗާ ލިބޭނެ ކަމަށެވެ. "ވޭވް" ގެ އެހީގައި މި ޕްލެޓްފޯމްގެ އެކި ރޫމްތަކުގައި ކުރިއަށް ގެންދާ މުއާމަލާތްތަކަށް ދައުވަތު ދީ، އެ މީހުން ރޫމްތަކަށް ވައްދައިދޭނެ އެވެ.

ކުލަބްހައުސްގައި ކުރިން ބައިވެރިވެވެނީ އެ އެޕް ބޭނުންކުރާ އެހެން މީހެއްގެ ފަރާތުން އަންނަ އިންވިޓޭޝަނަކާ ގުޅިގެންނެވެ. އެހެންވެ ކުރިން އެއާ ގުޅެން ވަގުތު ވެސް ނަގަ އެވެ. އެކަމަކު "އިންވައިޓް-އޮންލީ" ޖުލައި މަހުގެ ފަހުކޮޅު ވަނީ އުވާލައިފައިފަ އެވެ. އޯޑިއޯ އެޕް އެޕެއްގެ ގޮތުގައި ވުޖޫދަށް އައި ނަމަވެސް ކްލަބްހައުސްގައި ޑީއެމް (ޑައިރެކްޓް މެސެޖް) ވެސް ކުރެވޭ ގޮތް ޖުލައި މަހުގެ ތެރޭގައި ހަދާފައިވެ އެވެ.