ކާލިކަޓު (އޮގަސްޓް 8) - ކެރަލާގެ ކޮޒިކޯޑް އެއާޕޯޓަށް ރޭ ޖައްސަނިކޮށް ރަންވޭއިން ކަހާލައިގެން ގޮސް ވާދީއަކަށް ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސް ބޯޓުގެ ކެޕްޓަނަކީ އިންޑިއާގެ ވައިގެ ސިފައިންގެ ކުރީގެ ޕައިލެޓެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.
08 އޯގަސްޓް 2020
ކާލިކަޓު (އޮގަސްޓް 8) - ކެރަލާގެ ކޮޒިކޯޑް އެއާޕޯޓަށް ރޭ ޖައްސަނިކޮށް ރަންވޭއިން ކަހާލައިގެން ގޮސް ވާދީއަކަށް ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސް ބޯޓުގެ ކެޕްޓަނަކީ އިންޑިއާގެ ވައިގެ ސިފައިންގެ ކުރީގެ ޕައިލެޓެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ ހާދިސާގައި ވަނީ ކެޕްޓަން ދީޕަކް ވަސަންތު ސައްތޭ އާއި ކޯ-ޕައިލެޓް އަކިލޭޝް ކުމާރު ވެސް މަރުވެފަ އެވެ. އިންޑިއާގެ އެއާ ފޯސް އިން ރިޓަޔާ ކުރުމަށް ފަހު ކެޕްޓަން ސައްތޭ ފުރަތަމަ މަސައްކަތް ކުރީ އެއާ އިންޑިއާގަ އެވެ. ފަހުން ވަނީ އެއާ އިންޑިއާ އެކްސްޕްރެސްގެ ޕައިލެޓަކަށް ބަދަލުވެފަ އެވެ. އޭނާ އަކީ ބޯއިން 737 ގެ ބޯޓުތައް ދުއްވުމުގެ ވަރަށް ތަޖްރިބާކާރު ޕައިލެޓެއް ކަމަށްވެ އެވެ.
ވެއްޓުނު ބޯޓުގެ ކޯ-ޕައިލެޓް އަކިލޭޝް ކުމާރު
ހައިދަރުއާބާދުގެ އެއާ ފޯސް އެކަޑަމީން ސްވޯޑް އޮފް އޮނާގެ ލަގަބާ އެކު ސައްތޭ ގުރެޖްއޭޓްވެފައި ވަނީ 1981 ވަނަ އަހަރު އެވެ. އޭނާ ވަނީ ނޭޝަނަލް ޑިފެންސް އެކަޑަމީގެ ގޯލްޑް މެޑަލް ހާސިލްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެއާ އިންޑިއާގައި ކެޕްޓަން ސައްތޭ ދުއްވާފައި ވަނީ އެއާބަސް 310އެސް އެވެ.
ކޯ-ޕައިލެޓް އަކިލޭޝް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
ދުބާއީން ފުރައިގެން ކޮޒިކޯޑަށް ދަތުރު ކުރި ބޯޓުގައި ތިބި 191 މީހުންގެ ތެރޭން 18 މީހުން ވަނީ މަރުވެފަ އެވެ. ރަންވޭ މަތިން ގޮސް ވާދީއެއް ބޯޓު ވެއްޓުމާ އެކު އެ ބޯޓު ވަނީ ދެ ބުރިވެފަ އެވެ. ބޯޓު ޖެއްސިއިރު ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.
ބޯޓުން ސަލާމަތްވީ "އެންމެ 5 މިނިޓުގެ ސަބަބުން"
ނުކުމެވުނީ އިމަޖެންސީ ދޮރަކުން: ސަލާމަތްވި މީހެއް
އެއާއިންޑިއާގެ ބޯޓެއް ކެރަލާއަށް ޖައްސަނިކޮށް ވެއްޓިއްޖެ
އެއާއިންޑިއާގެ ބޯޓެއްގެ ފާހާނާ ބްލޮކްވެ ދަތުރު ކެންސަލް
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
ފުށުންޖެހުނު ބޯޓުގެ ކޮންމެ ފަސިންޖަރަކަށް 30،000
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
އަޒަރްބައިޖާންގެ ބޯޓަށް ހަމަލާދިން މީހުންނަށް އަދަބުދެނީ
ބޯޓު ވެއްޓުނީ ހަމަލާ ދިނުމުން، ރަޝިޔާއިން ސިއްރުކުރަނީ
ކޮރެއާގެ ބޯޓުން ދެ މީހަކު ފިޔަވައި އެންމެން މަރު