އއ. ފެސްދޫގައި ހިންގާ ޑަބްލިޔު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރުމަށް މުޅި ރިސޯޓް ރެއަކަށް އެއް މިލިއަން ޑޮލަރުގެ ރޭޓުން ވިއްކާ ޕެކޭޖްތަކެއް އިއުލާންކޮށްފި އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ރިސޯޓެއް ރެއަކަށް ވިއްކާ އެންމެ ބޮޑު އަގެވެ.
24 އޮކްޓޯބަރ 2016
އއ. ފެސްދޫގައި ހިންގާ ޑަބްލިޔު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރުމަށް މުޅި ރިސޯޓް ރެއަކަށް އެއް މިލިއަން ޑޮލަރުގެ ރޭޓުން ވިއްކާ ޕެކޭޖްތަކެއް އިއުލާންކޮށްފި އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ރިސޯޓެއް ރެއަކަށް ވިއްކާ އެންމެ ބޮޑު އަގެވެ.
ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، މެރިއޮޓް އިންޓަނޭޝަނަލް އިން ހިންގާ 78 ކޮޓަރީގެ، އެންމެ މަތީ ފެންވަރު ރިސޯޓުން ތައާރަފްކުރި ޕްރައިވެޓް ރެންޓަލް ޕެކެޖްތައް ވިއްކަނީ މަދުވެގެން ހަތަރު ރެއަށެވެ. އެ ޕެކޭޖްގެ ދަށުން، އެއްގަމާއި މޫދު ކޮޓަރީގެ އިތުރުން ކެއިންބުއިމާއި ސްޕާ އަދި ބިމުއަޑީގައި ހުންނަ ކްލަބް ހިލޭ ބޭނުންކުރުމާއި ސްޕާ އާއި މޫދު ކުޅިވަރު ވެސް ލިމިޓެއް ނެތި ބޭނުންކުރުމުގެ ފުރުސަތު ލިބެ އެވެ.
އެ ރިސޯޓުން ޕެކެޖްތައް ވިއްކަނީ ހަތަރު ރެއަށް ނަމަ ހަތަރު މިލިއަން ޑޮލަރަށެވެ. އަދި ފަސް ރެއަށް ނަމަ 4،750،000 ޑޮލަރަށް، ހަ ރެއަށް ނަމަ 5.5 މިލިއަން ޑޮލަރަށް އަދި ހަފުތާއަކަށް ނަމަ 6،250،000 ޑޮލަރަށެވެ.
ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓުގައި ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ މީހުންނާއި ބިލިއަނަރުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ޑަބްލިޔު ރިސޯޓުން ވިއްކާ ޕެކޭޖްތަކާ ބެހޭ މައުލޫމާތު ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް މަޖައްލާތަކުގައި ދަނީ އިޝްތިހާރުކުރަމުންނެވެ.
ފުލްމޫން ރިސޯޓާއި ޑަބްލިއު މޯލްޑިވްސް ވިއްކާލައިފި
ސެއިންޓްރެޖިސް ޓޫރިސްޓުންނަށް ހުޅުވާލައިިފި
ސެއިންޓް ރެޖިސް ވޮށްމުލި ސެޕްޓެމްބަރު 1 ގައި ހުޅުވަނީ
ކްރައުން އެންޑް ޗަމްޕާގެ "ނަލަ މޯލްޑިވްސް" ހުޅުވައިފި
ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި
މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
ލިވަޕޫލް-މެންޔޫ މެޗްގައި 10 ބަހަކުން ރާއްޖޭގެ ނަން