Roadha Mihaaru
ސެއިންޓްރެޖިސް ޓޫރިސްޓުންނަށް ހުޅުވާލައިިފި

ވޮށްމުލީގައި ހެދި ސެއިންޓްރެޖިސް ޓޫރިސްޓުންނަށް ހުޅުވާލައިފި

01 ނޮވެމްބަރ 2016

ދ. ވޮށްމުލީގައި ތަރައްގީކުރި އެންމެ މަތީ ފެންވަރުގެ ރިސޯޓް، "ސެއިންޓް ރެޖިސް މޯލްޑިވްސް" ޓޫރިސްޓުންނަށް މިއަދު ހުޅުވާލައިިފި އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލް އިން ހިންގާ އެންމެ އަގު ބޮޑު އެއް ބްރޭންޑުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެމެރިކާގެ ސްޓާ ވުޑް އާއި މެރިއޮޓް އެއްކޮށްލިއިރު، ސްޓާވުޑްގެ ޑަބްލިއު ބްރޭންޑްގެ ރިސޯޓެއް އއ. ފެސްދޫގައި ހިންގަމުން ގެންދެ އެވެ. އަދި ކުރީގެ ފުލްމޫންގައި އެ ކުންފުނީގެ ޝެރެޓަން ބްރޭންޑްގެ ރިސޯޓެއް ވެސް ހިންގަ އެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ސެއިންޓް ރެޖިސް ބްރޭންޑްގެ 37 ހޮޓާ ހުރެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސެއިންޓް ރެޖިސް މޯލްޑިވްސް ހުޅުވުމާ ދިމާކޮށް 20 ޕަސެންޓް ޑިސްކައުންޓަކާއި ކޮންމެ ދުވަހެއްގެ ނާސްތާ އަދި ޑަބަލް ސްޓާ ޕޮއިންޓް ވެސް ލިބޭނެ ކަމަށް ރިސޯޓްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އޭގައި ބުނެފައިވާ ގޮތުން މިމަހުގެ އަށްވަނަ ދުވަހުގެ ރެއިން ފެށިގެން ހަ ރެއަށް ވިލާއެއް ވިއްކަނީ ރެއަކަށް 2،011 ޑޮލަރު (31،009ރ) އާއި (3،211) 49،513ރ. ދެމެދުގެ އަގުތަކެއްގަ އެވެ. އޭގެ އިތުރުން ވަކިން ވިއްކާ ހާއްސަ ވިލާތަކެއް ހުރެ އެވެ.

ސެއިންްޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއް: މި ރިސޯޓް ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 2،000 ޑޮލަރަށް ވުރެ  މަތީގައި.

ސެއިންްޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއް: މި ރިސޯޓް ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 2،000 ޑޮލަރަށް ވުރެ މަތީގައި.

އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހެދި ވޮށްމުލީގައި 77 ވިލާ ހުރެ އެވެ. ސިންގަޕޫރުގެ ކުންފުންޏަކުން ޑިޒައިން ކުރި އެ ރިސޯޓްގެ މޫދު ވިލާތަކުން ސިފަވަނީ މަޑި އެކެވެ. ސިންގްނޭޗާ ބާ ޑިޒައިންކޮށްފައި ވަނީ ފެހުރިއްސެއް ގޮތަށެވެ. އަދި ސްޕާ ޑިޒައިންކޮށްފައި ވަނީ އިއްސެއް ސިފަވާ ގޮތަށެވެ.

މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓުގައި އެކި ގައުމުތަކުގެ ކެއިންބުއިމުގެ ހިދުމަތް ދޭ ހަ ރެސްޓޯރަންޓް ހުރެ އެވެ. އޭގެ ތެރޭގައި ބިމުއަޑީގައި ހަދާފައިވާ ވައިން ސެލާ ރެސްޓޯރަންޓެއް ވެސް ހިމެނެ އެވެ. ނިއުޔޯކްގައި ސެއިންޓް ރެޖިސް އުފެއްދި ބާނީ ޖޯން ޖޭކަބްގެ ނަމަށް ނިސްބަތްކޮށް ޖޯން ޖޭކަބް އެސްޓާ އެސްޓޭޓް ކިޔާ ހާއްސަ ވިލާއެއް އެ ރަށުގައި ހުރެ އެވެ. އޭގެ އިތުރުން ރާއްޖޭގައި ހަދާ އެންމެ ބޮޑު ވިލާތައް ވެސް ހުންނަނީ އެ ރަށުގަ އެވެ. 1،540 އަކަމީޓަރު ބޮޑުމިން ހުންނަ ތިން ވިލާގައި ތަފާތު ބައިތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި 92 މީޓަރު ދިގުމިނުގެ ޕޫލަކާއި ލިވިން ރޫމަކާއި މާސްޓާ ބެޑްރޫމެއްގެ އިތުރުން ބަދިގެއަކާއި ސްޕާ އާއި މިނީ ތިއޭޓަރެއްގެ އިތުރުން ފިޓްނަސް އޭރިއާއެއް ވެސް ހިމެނެ އެވެ. އަދި މޫދާ ގުޅިފައިވާ ގޮތަށް ހަދާފައިވާ ދެ ވިލާގައި ވެސް ޕްރައިވެޓް ޕޫލް ހުރެ އެވެ.

ރިސޯޓްގެ ވެބްސައިޓްގައިވާ ގޮތުން ސެއިންޓް ރެޖިސް ވޮށްމުލީގައި 24 ގަޑިއިރު ބަޓްލާގެ ހިދުމަތް ވެސް ލިބެން ހުރެ އެވެ.