ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުުކުރި 19 ބިިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބީ އިދާރީ ބަންދެއްގައި ކަމަށާއި އެހެންވެ، އެ މީހުންގެ ބަންދުން ދޫކުރުމުގެ އަމުރެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
08 އޯގަސްޓް 2020
ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުުކުރި 19 ބިިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބީ އިދާރީ ބަންދެއްގައި ކަމަށާއި އެހެންވެ، އެ މީހުންގެ ބަންދުން ދޫކުރުމުގެ އަމުރެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ސީލް ކުންފުނިން ބޮޑުފިނޮޅުގައި ހަދަމުންދިޔަ ރިސޯޓްގެ މަސައްކަތް ކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން އެ ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ނުދިނުމުން އެ މީހުން ހިންގި ހަމަނުޖެހުންތަކުގައި 19 ބިދޭސީއަކު ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ ޑީޕޯޓް ކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެ 19 މީހުންނާއި އެ ރަށުގައި ދެން ތިބި ބިދޭސީން ވެސް މިހާރު ތިބީ ހުުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގަ އެވެ.
އެ 19 ބިދޭސީން އެތަނުގައި ބަންދުކޮށްފައި ތިބީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހެބިއަސް ކޯޕަސްގެ އަމުރަކަށް އެދި އެ މީހުންގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ނިންމީ އެ މީހުން އެތަނުގައި ތިބީ ކުށެއްގެ ތުހުމަތެއްގައި ނޫން ކަމަށާއި އެއީ އިމިގްރޭޝަންގެ ގާނޫނާ ޚިލާފު ވެގެން ކުރި ބަންދެއް ކަމަށް ވާތީ އެއީ އިދާރީ ބަންދެއް ކަމަށެވެ. އެގޮތަށް މީހުން ބަންދު ކުރުމުގެ ބާރު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ލިބިދޭ ކަމަށް ކޯޓުގެ ނިންމުމުގައި ވެ އެވެ. އެހެންވެ، އެއީ ގާނޫނާ ޚިލާފު ބަންދެއް ކަމަށް ނުވާތީ އެ މީހުން ބަންދުން ދޫކުރުމުގެ އަމުރެއް ނުދެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން، އެއީ ސައްހަ ވިސާއެއް ނެތި ތިބި ބަޔަކަށް ވާއިރު، ޒިންމާވާނެ މީހަކު ނެތި އެފަދަ ބިދޭސީން ބަންދުން ދޫ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި 19 ބިދޭސީންނަށް ޒިންމާވާނެ ފަރާތެއް މިވަގުތު ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
ގާޒީ އާދަމް މުހައްމަދުގެ ނިންމެވި އެ ނިންމުމުގައި ބުނެފައިވާ ގޮތުން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ވެސް ކްރިމިނަލް ކޯޓަކަށް ނެތެވެ. ސަބަބަކީ އެ މީހުން ބަންދު ކުރަން ނިންމި ނިންމުމަކީ އިމިގްރޭޝަންގެ އިދާރީ ނިންމުމެއް ކަމަށް ވެފައި، ދައުލަތުގެ އިދާރާއެއްގެ އިދާރީ ނިންމުންތައް ބެލުމުގެ ބާރު ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓަށް ނެތުން ކަމަށް އެ ނިންމުމުގައިވެ އެވެ. އެފަދަ މައްސަލަތައް ސިވިލް ކޯޓުން ކުރިން ބަލާފައި ހުރި ކަން އެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުނީގެ މައްޗަށް ބ. ތުޅާދޫ ކޯޓުން އަމުރެއް ނެރުނަސް، ރިޒުން އެކަމަށް ވަނީ އިންކާރުކޮށްފަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އެ ކުންފުނިން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
މުސާރަ ނުދޭ ހުރިހާ ބިދޭސީންނާ ދައުލަތުން ހަވާލުވަނީ؟!
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
އިމިގްރޭޝަންގެ ނަމުގައި ގެއަކަށް ވަދެ ފޭރިއްޖެ
ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި
މާރާމާރީ ހިންގި ހަ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލަނީ
100 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަތުލައިގެންފި
ކުށްކުރުމުގެ ބޭނުމުގައި ދިވެހިންނާ ކައިވެނި ކުރަނީ!
ރިޒްގެ މައްސަލަ ޓްރައިބިއުނަލުން ބަލައިގެންފި