12 އޯގަސްޓް 2020
ޖަކާޓާ (އޮގަސްޓް 12) - ޗައިނާގައި ހެދި ވެކްސިން އިންޑޮނީޝިއާގައި އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރަން ފަށައިފި އެވެ.
ޖަކާޓާ (އޮގަސްޓް 12) - ޗައިނާގައި ހެދި ވެކްސިން އިންޑޮނީޝިއާގައި އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރަން ފަށައިފި އެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޓްރަޔަލްގައި 1،600 ވޮލަންޓިއަރުން ބޭނުން ކުރާނެ އެވެ. ސިނޮވެކް ބަޔޯޓެކުން އުފެއްދި ވެކްސިނަކީ ތިން ވަނަ ފޭހަށް ދިޔަ މަދު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އެންމެ ފަހު މަރުހަލާގެ ގޮތުގައި ކުރިއަށް ގެންދަނީ ގިނަ ބަޔަކު ބޭނުންކޮށްގެން ޓެސްޓް ކުރުމެވެ.
ކޮރޯނާވެކްގެ ނަން ދީފައިވާ ސިނޮވްކުގެ ވެކްސިން މިހާރު ވެސް ވަނީ 9،000 ހެލްތު ވޯކަރުން ބޭނުންކޮށްގެން ބްރެޒިލްގައި ޓެސްޓްކޮށްފަ އެވެ. އެ ވެކްސިން ބްރެޒިލްގައި ޓެސްޓް ކުރީ ބަލިޖެހިފައި ތިބި މީހުން އެކަށީގެންވާ އަދަދަކަށް ޗައިނާ އިން ނުލިބުމުންނެވެ. ބްރެޒިލް އަކީ ދުނިޔޭގައި ދެ ވަނަ އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމެވެ.
ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑޮނީޝިއާ އަކީ ވެސް ހަލުވިކަމާ އެކު ވައިރަސް ފެތުރޭ ގައުމެކެވެ. ގާތްގަނޑަކަށް 127،000 މީހުންނަށް ބަލިޖެހިފައިވާ އިރު އެ ގައުމުން ވަނީ 5،700 މީހުން މަރުވެފަ އެވެ.
ވެކްސިންގެ ޓްރަޔަލްތައް ކުރިއަށް ގެންދާނީ އިންޑޮނީޝިއާގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ވެސްޓް ޖާވާގެ 1،620 ވޮލަންޓިއަރުން ބޭނުންކޮށްގެންނެވެ. ޓްރަޔަލްތައް ނިންމާލަން ހަމަޖައްސާފައި ވަނީ ފެބްރުއަރީ މަހު އެވެ.
ވެކްސިން ކާމިޔާބުވެއްޖެ ނަމަ، އިންޑޮނީޝިއާގެ އޮފިޝަލުން ބުނެފައި ވަނީ އެ ގައުމުގެ ރައްޔިތުންނަށް 250 މިލިއަން ޑޯޒް އުފައްދާނެ ކަމަށެވެ.
އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިދޯދޯ އިއްޔެ ވަނީ އެ ގައުމުގައި ބޭސް އުފައްދާ އެންމެ ބޮޑު ފެކްޓަރީ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. ރައީސް ވިދޯދޯ ވިދާޅުވީ އިންޑޮނީޝިއާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދީގެން ނޫނީ ކޮވިޑް-19 ގެ ބިރުން ސަލާމަތްވެވެން ނެތް ކަމަށެވެ.
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި
ތިން އަހަރަށް ފަހު ޗައިނާ ހުޅުވައިލަނީ
ކޮވިޑްގެ ފިޔަވަޅުތައް ދޫކުރުމުން ގިނަ ބަޔަކު މަރުވެދާނެ
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ބައިޑެން އާއި ޝީ ބައްދަލުކުރައްވަނީ، އުންމީދު ކުޑަ
އޮށޯވެ ތިބެގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ: ޗައިނާ