09 އޯގަސްޓް 2020
މިދިޔަ ހަތަރު މަހު ސަރުކާރުން ހަތަރު ބިލިއަނެއްހާ ރުފިޔާ އޯވާޑްރޯކޮށްފި އެވެ.
މިދިޔަ ހަތަރު މަހު ސަރުކާރުން ހަތަރު ބިލިއަނެއްހާ ރުފިޔާ އޯވާޑްރޯކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 4 ބިލިއަން ރުފިޔާ ހިމެނުނު އިރު މިއީ ދައުލަތަށް އެވަރުގެ އާމްދަނީއެއް ނުލިބި އެކަމަކު އެމްއޭއޭއިން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން ދިން ފައިސާ އެވެ.
ޖޫން މަހު ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޯވާޑްރޯގެ ގޮތުގައި ނަގާފައިވާ ފައިސާ އާއި އެ ނޫން ގޮތްގޮތަށް ސަރުކާރަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ފައިސާ އެވެ.
އޯވާޑްރޯ ކުރާ ފައިސާ ބޭނުންކުރަނީ ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާއި މިވަގުތަށް ކުރަން ޖެހޭ އެހެނިހެން ހަރަދުތައް މެނޭޖް ކުރުމަށެވެ.
އޯވާޑްރޯކުރަނީ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ކަމަށް ވިޔަސް، އެ އެކައުންޓްގައި ދައުލަތުގެ އެވަރުގެ އާމްދަނީއެއް ނެތެވެ. އެހެންކަމުން މިއީ މަރުކަޒީ ބޭންކުން ފައިސާ ޗާޕްކޮށްގެން އިގުތިސާދުގެ ތެރެއަށް ނެރުމެވެ.
ޕީބީއޭ އިން އެގޮތަށް ފައިސާ ނެގުން 2013 ގައި އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.
އެކަމަކު ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދުގެ މައި ދާއިރާ، ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައުމުން ދައުލަތަށް އާމްދަނީ ލިބުން ވެސް ވަރަށް ބޮޑު ތަނުން ދަށަށް ދިޔަ އެވެ. އެހެންކަމުން މި ވަގުތު ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭއިން ފައިސާ ހޯދުން ނޫން އެހެން މަގެއް ނެތެވެ.
ހަރަދުތައް މެނޭޖްކުރަން ބޭރުގެ މާލީ އިދާރާތަކުންނާއި ގައުމުތަކުން އެހީ ލިބޭތޯ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް 189.5 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
ސަރުކާރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 13.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެކަމަކު މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 6.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު ދެ ގުނަ މަދު އަދަދެކެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު
"އައިއޭއެސް ފަދަ ކުންފުނިތަކުގެ މުސާރަ ކުޑަކުރާނަން"
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ދިވެހިންގެ ވަޒީފާ، ވިޔަފާރި ހިމާޔަތަށް 2.5 ބިލިއަން
ދައުލަތުގެ ދަރަނިން 1.5 ބިލިއަން ކެނޑޭނެ: އަމީރު
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!