ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކުގައި އާދަޔާ ހިލާފު ބޮޑު މުސާރަތައް ލިބޭ މީހުންގެ މުސާރަތައް ވެސް ކުޑަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
08 މެއި 2020
ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކުގައި އާދަޔާ ހިލާފު ބޮޑު މުސާރަތައް ލިބޭ މީހުންގެ މުސާރަތައް ވެސް ކުޑަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މީހުންގެ މުސާރަތައް ކުޑަ ކުރަން ނިންމާފައިވާ އިރު، މިކަމާ ގުޅިގެން ވަކިވަކި ކުންފުނިތަކާ ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ކުންފުނިތަކުގެ މެނޭޖްމެންޓް ލެވެލްފައި މުސާރަ ކުޑަކުރެވޭނީ ކިހާ ވަރަކަށްތޯ ބަލައި އެހެނިހެން ގޮތްގޮތުން ވެސް ކުންފުނިތަކުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ނިންމުމަށް އެދިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. މި ކަންކަން ފިނޭންސް މިނިސްޓްރީއާ ހިއްސާ ކުރުމުން ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑެތި މުސާރަ ލިބޭ މުވައްޒަފުން ތިބޭ އެއް ކުންފުންޏެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަން މިސާލަކަށް ނަންނަވައި، އަމީރު ވިދާޅުވި ގޮތުގައި، އެ ކުންފުންޏަށް ކޮވިޑް-19 ގެ ހާލަތުގައި މިހާރު ވެސް ބޮޑު ގެއްލުމެއް ވެ އެވެ. އެހެންވެ، ދިގު މުއްދަތަށް މުވައްޒަފުން ގެންގުޅޭ ނަމަ ހަރަދުތައް މެނޭޖް ކުރުމުގައި އަވަހަށް ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އައިލެންޑް އޭވިއޭޝަން ނަގާ ކަމުގައިވާ ނަމަ، އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެ ހެރީ ހުއްޓިފައި. އެކަމަކު ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމާ މި ދަނޑިވަޅުގައި މިކަން ކުރަން އަޅުގަނޑުމެން އެންމެން އެއްބަސްވާން ޖެހޭ،" އަމީރު ވިދާޅުވި އެވެ.
މި ހާލަތުގައި ބޮޑެތި ގެއްލުންތަކާ ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ކުރިމަތިލާން ޖެހިފައިވާ މިފަދަ ފިޔަވަޅުތަކެއް މި ވަގުތު ނާޅައިފި ނަމަ އިތުރު އެހެން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް އަމީރު ވިދާޅުވި އެވެ. އެހެން ކަމުން ބޮޑެތި މުސާރަ ލިބޭ މުވައްޒަފުން ވެސް މި ހާލަތުގައި މި ކަންކަން ގަބޫލުކޮށް، އެއްބާރުލުން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ތަނުގައި ދިގު މުއްދަތަކަށް ހުރިހާ މުވައްޒަފުން އެމްޕްލޯއީ ކޮށްގެން މުސާރަ ދެވޭނެ ގޮތްތައް ބަލަން."
ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 15،000ރ. އަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަ ކުރުމަށް އަންގައިފަ އެވެ. މީގެ އިތުރުން އިއްޔެ މިނިސްޓަރު އަމީރު ވަނީ އަސާސީ މުސާރަ 20،000ރ. އަށް މަތިން ލިބޭ މީހުންގެ މުސާރަތައް ކުޑަ ކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.
"މިސާލަކަށް އައިލެންޑް އޭވިއޭޝަން ނަގާ ކަމުގައިވާ ނަމަ، އައިލެންޑް އޭވިއޭޝަންގެ ވަރަށް ގިނަ އުދުހުންތައް އެ ހެރީ ހުއްޓިފައި. އެކަމަކު ވަރަށް ބޮޑެތި މުސާރަތައް އެބަދެވޭ. އެހެންވީމާ މި ދަނޑިވަޅުގައި މިކަން ކުރަން އަޅުގަނޑުމެން އެންމެން އެއްބަސްވާން ޖެހޭ،" އަމީރު
ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 20،000ރ އާއި 25،000ރ. އާ ދެމެދުގެ އަދަދެއް ލިބޭ މީހުންގެ މުސާރަ އިން ކަނޑާނީ 20 ޕަސެންޓު ކަމަށެވެ. މީގެ އިތުރުން 25،000ރ-60،000.ރ އާ ދެމެދުގެ އަދަދުތަކުން އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ އިން 30 ޕަސެންޓް ކަނޑާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރައިން ކަނޑާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި 35 ޕަސެންޓެވެ.
"އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ތަނުގައި ދިގު މުއްދަތަކަށް ހުރިހާ މުވައްޒަފުން އެމްޕްލޯއީ ކޮށްގެން މުސާރަ ދެވޭނެ ގޮތްތައް ބަލަން،" އަމީރު
މި މިންގަނޑުގެ ތެރޭގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ނުހިމެނޭނެ އެވެ.
މުސާރަ ކުޑަކުރި ގްރޫޕްގައި ހިމެނޭނީ ސިޔާސީ މުވައްޒަފުންނާއި މިނިސްޓަރުންނާއި މަޖިލީސް މެންބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިސްޓްރީތަކުގެ ޕާމަނެންޓް ސެކްރެޓަރީންނާއި ކޮންޓްރެކްޓް ސްޓާފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ފަދަ ބޭފުޅުންނެވެ. މި ހުރިހާ ބޭފުޅުން ވެސް 20،000ރ. އިން މަތީގެ ބޮޑެތި މުސާރަތައް ދައުލަތުން ނަންގަވަ އެވެ.
މި އެޅި ފިޔަވަޅުތަކާ އެކު މަހެއްގެ މައްޗަށް މުސާރަ އިން އިތުރު 15 މިލިއަން ރުފިޔާ އުނިވާނެ އެވެ. ސަރުކާރުން މިހާރު ވެސް ވަނީ ހަރަދުތައް ކުޑަކުރުމަށްޓަކައި މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ތިން ބިލިއަނެއްހާ ރުފިޔާ ޖުމްލަ ބަޖެޓުގެ ހަރަދުން އުނިކުރެވިފައިވެ އެވެ.
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކަނީ
އަހަރު ނިމޭއިރު 2019ގެ އިގްތިސާދީ ހާލަތަށް ދެވޭނެ
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ