Roadha Mihaaru
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް ފޮނުވައިފި

10 އޯގަސްޓް 2020

ޓޫރިޒަމް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޓޫރިޒަމް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މިދިޔަ އަޟްހާ އީދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު، މަޖިލީހުގެ ޖަލްސާތައް މިއަދު އަލުން ފައްޓަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޑރ. މައުސޫމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީ އަށް ފޮނުވަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

Breaking: Tourism minister akah Dr. Mausoom ayyan kuravvaifi

Breaking: Tourism minister akah Dr. Mausoom ayyan kuravvaifi

The most trusted news source in the Maldives

Mihaaru

ޓޫރިޒަމް މިނިސްޓަރަކަށް މައުސޫމް އައްޔަން ކުރުން

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. މައުސޫމް އެންމެ ފަހުން ފުރުއްވީ ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅާފައިވާ ސަފީރުގެ މަގާމެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ ޑރ. މައުސޫމެވެ. އޭނާ ކިޔަވައި ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސި ވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ.

ޑރ. މައުސޫމް ވަނީ ހޮޓެލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ. އޭނާ ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށް ފުރާވަޑައިގަތުމާ ހަމައަށް ހުންނެވީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް(އެފްއެޗްޓީއެސް)ގެ ސީނިއާ ލެކްޗަރާ އަކަށެވެ. އޭނާ ފުރުއްވި މަގާމްތަކުގެ ތެރޭގައި، އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެމްބަރު ކަމުގެ މަގާމުގެ އިތުރުން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމުތައް ހިމެނެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 9 ގައި ވަކިކުރީ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ އެކުގަ އެވެ. އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އެކަން ނުކުރެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަންތައް ވެސް ދިރާސާ ކުރުމަށް މިއަދު ވަނީ ޖްޑީޝިއަރީ ކޮމެޓީއަށް ފޮނުއްވައިފަ އެވެ. ރައީސް ނަން ފޮނުއްވި ދެ ބޭފުޅުންނަކީ އަލްއުސްތާޒް މުހައްމަދު މުނައްވަރު އަލީ އާއި އަލްއުސްތާޒް ޝީރީން ނާހިދާ ލަތީފް އެވެ.

އަދި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ވެސް ވަނީ ކޮމެޓީއަށް ފޮނުއްވައިފަ އެވެ.