ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދޭން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަސައްކަތާ އެކު، ޓޫރިސްޓުންނަށް އެންމެ ރައްކާތެރި މަންޒިލަކަށް ވާނީ ރާއްޖެ ކަމަށާއި އެ ކަމަށް މިހާރު ވެސް ބައިނަލްއަގްވާމީ ސަމާލުކަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
10 ފެބުރުއަރީ 2021
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދޭން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަސައްކަތާ އެކު، ޓޫރިސްޓުންނަށް އެންމެ ރައްކާތެރި މަންޒިލަކަށް ވާނީ ރާއްޖެ ކަމަށާއި އެ ކަމަށް މިހާރު ވެސް ބައިނަލްއަގްވާމީ ސަމާލުކަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ، ވެކްސިން ދިނުމުގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތާއި ދިވެހިންނަށް ވެކްސިނަށް ދޭ ތަރުހީބުގެ ސަބަބުން ރާއްޖެއަކީ މުޅި އާބާދީ އަށް ވެކްސިން ދެވޭ ފުރަތަމަ ގައުމަށް ވާނެކަމަށް އުއްމީދު ކުރެވޭ ކަަމަށެވެ.
"މިހާރު ވެސް ބޭރު ދުނިޔޭގައި މީޑިއާތަކުގައި އެ ވާހަކަ ލިޔަން ފަށައިފި. އޭގެ ޒާތުގައި މިހާރު ވެސް ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލޭ. ދެން މި ވެކްސިނުގެ ކަންތައް މި ގޮތަށް ފުރިހަމަވެގެން ދިޔައީމާ މުޅި ދުނިޔޭގައި ވެސް އެންމެ ސަލާމަތާއި ރައްކާތެރި ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ބަދަލުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެ މެސެޖު، އަޅުގަނޑުމެން ދުނިޔެ އަށް މި ދެނީ."
މައުސޫމް ވިދާޅުވިގޮތުގައި ރާއްޖެ އަށް މި އަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރި އަދަދު ވެސް ވެކްސިން ގެނައުމާ އެކު ވަނީ މުރާޖައާ ކޮށްފަ އެވެ. މިހާރުގެ އަންދާޒާއަކީ މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އައުމެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމުން ވަޒަންކުރުމުގައި މިހާރު ބަލަނީ އަންނަ ޓޫރިސްޓުންގެ އަދަދަށް ވުރެ ބޮޑަށް އެ މީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ލިބޭ އާމްދަނީއާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ.
"މި އަހަރު އަޅުގަނޑުމެން މި އަންދާޒާކުރަނީ 10 މިލިއަން ބެޑްނައިޓް ލިބޭނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ/ފެބްރުއަރީގައި ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރި ވަރަކަށް ޓޫރިސްޓުން ނާންނަ ކަމަށެވެ. އެއީ ކޮވިޑާ ހެދި ޔޫރަޕްގެ ގިނަ ގައުމުތައް އަލުން ބަންދުވުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ޓޫރިޒަަމް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނު ޕްރޮމޯޓްކުރަން ޖެހޭ ކަމަށާއި އެގޮތުން އައްޑޫގަައި އޮތް ދެ ރިސޯޓު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދެކުނުގެ ސަރަހައްދު ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެކޭޖެއް ވަނީ ތައްޔާރުކޮށްފަ އެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ފްލައިޓްތައް ޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. ގަމަށް ޗާޓަރު ފްލައިޓް ފެށުމަށ ޓަކައި ބާއްވާ މަޝްވަރާ ބައްދަލުވުމެއް، މިނިސްޓަރު ވިދާޅުވިގޮތުގައި މިއަދު ވެސް އޮންނާނެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓުމަކަށް އައުމަށް ފަހު އަލުން ހިނގައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެވެ. އޭގެ ފަަހުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައި ނަމަވެސް ކޮވިޑްގެ ކުރީގެ ހާލަތާ އަޅާ ބަލާއިރު ކުރިއެރުން އަދިވެސް އޮތީ 45 ޕަސެންޓަށް ވުރެ ދަށުގަ އެވެ.
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ހަ މަހަށް ފަހު ގެސްޓު ހައުސްތައް ހުޅުވައިފި
މާލޭގެ ގެސްޓު ހައުސްތައް ނޮވެމްބަރަށް ހުޅުވޭތޯ ބަލަނީ
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
މިމަހު 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ބޮޑުފިނޮޅު އަތުލަން ސަރުކާރުން ވިސްނަނީ
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ