މޫދު ކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަމުގައި ވިއްކަން ފިޝަރީޒް މިނިސްޓްރީން ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.
10 އޯގަސްޓް 2020
މޫދު ކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަމުގައި ވިއްކަން ފިޝަރީޒް މިނިސްޓްރީން ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.
މިއީ ވޯލްޑު ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން އާލާ ކޮށްފައިވާ ފާނަތަކަކެވެ. މި ފާނަތައް ނީލަމުގައި ވިއްކަނީ ފާނަ އާލާކުރުމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދީގެން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމްކުރުމުގެ މަގުސަދުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފާނަ އާލާކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތުގައި މިހާތަނަށް 3،353 ފާނަ މާކެޓް ސައިޒަށް ވަނީ ބޮޑުކޮށްފަ އެވެ. މާކެޓު ސައިޒަކީ 400 ގްރާމަށްވުރެ ބަރު ފާނަ އެވެ. އެހެންކަމުން ނީލަން ފަށާ އަގުގެ ގޮތުގައި އެ މިނިސްޓްރީން ކަނޑައަޅާފައި ވަނީ ފާނައަކަށް 100ރ. އެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން ފަސް ރުފިޔާ އެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ މެންދުރު 2:00 ގެ ކުރިން auction.mmri.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ރާއްޖޭގައި ފާނަ އާލާކުރުން އިތުރު ކުރުމަށް އދ. މަހިބަދު އާއި އޮމަދު އާއި ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. މީގެ އިތުރުން އދ. މަހިބަދޫން މި މަސައްކަތަށް ހޮވި ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 ކުދި ފާނަ އާއި ފާނަ ކޮށްޓާއި މަސްކާނާގެ އިތުރުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ވެސް މޯލްޑިވްސް މެރިން ރީސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގެ ފަންނީ މުއައްޒަފުންގެ ފަރާތުން ވަނީ ދީފަ އެވެ.
މަސްވެރިކަމާ ގުޅޭ ލަފާދިނުމަށް ތިން ކޮމިޓީ އުފައްދަނީ
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
ފާނަ އާލާ ކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅައިފި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި އަޑުއުފުލައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ދޫކޮށްފި