Roadha Mihaaru
މުވައްޒަފަކު ޕޮޒިޓިވްވެ، ޔޫތު މިނިސްޓްރީ ބަންދުކޮށްފި

މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، ޔޫތު މިނިސްޓްރީ ބަންދު

12 އޯގަސްޓް 2020

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ މިނިސްޓްރީ މިއަދު ބަންދުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ މިނިސްޓްރީ މިއަދު ބަންދުކޮށްފި އެވެ.

ވެލާނާގޭގައި ހިންގާ ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީގެ މުވައްޒަފަކު ޕޮޒިޓިވްކަން އެނގުނީ އިއްޔެ ކަމަށެވެ. އެ ހިސާބުން ފެށިގެން މިނިސްޓްރީ ބަންދު ކޮށްފައިވާ ކަމަށާއި މިއަދު ކުރިއަށް ގެންދަނީ ޑިސްއިންފެކްޓް ކުރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވި އެވެ. ނަމަވެސް އެއީ ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުން ނޫން ކަމަށް ވިދާޅުވި އެވެ.

"ސޯޝަލް ސެންޓަރުގައި މަސައްކަތްކުރާ ފަސް މުވައްޒަފަކު ވެސް [ކުރިން] ޕޮޒިޓިވްވި. އެ ތަން މިހާރު ފަސް ފަހަރަށް ޑިސްއިންފެކްޓް ކޮށްފިން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ތަފާތު ފަސް ކޭސް ކަމަށާއި ސޯޝަލް ސެންޓަރަށް މިހާރު މުވައްޒަފުން މަސައްކަތަށް ނުނިކުންނަ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 5،223 ކޭސް ފެނިފައިވާއިރު އެ ބަލީގައި 20 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 2،849 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ފަރުވާގައި ތިބީ 2،354 މީހެކެވެ.