އާއްމުންގެ އެހީއަށް އެދި ފޭސްބުކްގައި ޖެހި ޕޯސްޓެއްގައިވާ އެކައުންޓް ނަމްބަރު ބަދަލުކޮށްގެން، ގިނަ ބައެއްގެ އަތުން މީހަކު ފައިސާ ހޯދައިފި އެވެ.
16 އޯގަސްޓް 2020
އާއްމުންގެ އެހީއަށް އެދި ފޭސްބުކްގައި ޖެހި ޕޯސްޓެއްގައިވާ އެކައުންޓް ނަމްބަރު ބަދަލުކޮށްގެން، ގިނަ ބައެއްގެ އަތުން މީހަކު ފައިސާ ހޯދައިފި އެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އިބްރާހިމް ވަހީދު (އިއްބެ) ބުނީ އޭނާގެ ބޮޑުދައިތަ ކުރަން ޖެހޭ ބޮޑު އޮޕަރޭޝަނަަކަށް ފައިސާ ހޯދުމަށް ފޭސްބުކްގައި ޖެހި ޕޯސްޓްގައިވާ އެކައުންޓް ނަމްބަރު، ފުއާދު ނަމަކަށް ކިޔާ މީހަކު ބަދަލުކޮށް، އެ މީހާގެ އަމިއްލަ ނަމްބަރު ޖަހާފައިވާ ކަމަށެވެ. އަދި އެ ޕޯސްޓް އޭނާ ސޯޝަލް މީޑިއާގައި ޝެއާކޮށް ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް އިއްބެ ބުންޏެވެ.
އާއިލާ އިން އެ މީހާއާ ސުވާލުކުރުމުން އެއީ އޭނާގެ ރަހުމަތްތެރިއަކު ކުރި ކަމެއް ކަމަށާއި މިހާތަނަށް 41 މީހަކު އެކައުންޓަށް ފައިސާ ފޮނުވާފައިވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެ ފައިސާ ދޭން އެ މީހާ ދެކޮޅު ހަދާ ކަމަށް އޭނާ ބުންޏެވެ.
އާއިލާ އިން މިހާރު ވަނީ، ފުއާދުގެ ނަމުގައި އޮތް އެކައުންޓަށް ޖަމާކުރި ފައިސާ ހޯދަން މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ސިކުނޑީގައި އުފެދިފައިވާ ޓިއުމަރެއް ނެގުމަށް، އިއްބެގެ ބޮޑުދައިތަ މީގެ ކުރިން ވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ ފަހަރު ވެސް ގިނަ ބަޔަކު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ގިނަ ބަޔަކު އެހީ ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ބަލީގެ ތަފްސީލާއި މީހާގެ ވަނަވަރާ އެކު ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުން ގިނަ ބަޔަކު އެހީވެ އެވެ.
ރާއްޖޭގައި ޕީސީއާރުގެ ފޭކް ޓެސްޓްތަކާއި ނަތީޖާތަކެއް!
ކޮވިޑްގެ އިސް ސަފުގައި އުޅޭ މީހުންގެ ފޯނު ހެކްކުރަނީ!
އޮޅުވާލައިގެން އެކައުންޓުތަކަށް ފައިސާ ޖަމާކުރާ މީހެއް!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
އުމުރު ދުވަހުގެ ހުކުމުން ސަލާމަތްކުރަން އެއްބަސްވުމެއް!
ސައިބާކްރައިމް ހުއްޓުވުމާ ބެހޭ މުއާހަދާއަށް ރުހުންދީފި
ސްކޭމްތަކުގައި ގެއްލުނު 200،000 ރުފިޔާ ހޯދައިފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ސެޓްފިކެޓް ފޯޖުކުރާ މައްސަލައިގެ ތަހުގީގެއް ފަށައިފި
ޝިލްޕާގެ ދެމަފިރިންނަށް މަކަރާއި ހީލަތުގެ ތުހުމަތު