16 އޯގަސްޓް 2020
ފަސް ރަށަކުން، ހޯމް ކަރަންޓީނު ނިންމި ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފަސް ރަށަކުން، ހޯމް ކަރަންޓީނު ނިންމި ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި އެންމެން ވެސް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ނިންމައި ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުތަކުން ކަމަށެވެ.
ޕޮޒިޓިވް ވެފައިވަނީ ނ. މިލަންދޫން 22 އަހަރުގެ އަންހެނަކާއި އދ. މާމިގިލިން ހަ އަހަރުގެ ފިރިހެން ކުއްޖަކާއި ކ. ހިންމަފުށިން 29 އަހަރުގ ފިރިހެނަކާއި ފ. ނިލަންދޫން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ރ. ހުޅުދުއްދާރުން 40 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ އަންހެނެކެވެ.
ހުޅުދުއްފާރު ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ތިން މީހަކު މީގެ ކުރިން ވެސް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު މިހާރު ރަނގަޅުވެއްޖެ ކަމަށާއި ދެން ތިބި ދެ މީހުން އަދިވެސް ތިބީ ހޯމް ކަރަންޓީންގައި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެ ދެ މީހުންގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ބަލި ޖެހޭ މީހުން އިތުރުވެ އަތޮޅުތެރެއަށް ވެސް ވަނީ ބަލި ފެތުތުން އިތުރުވެފަ އެވެ. މާލެ ނޫން އިތުރު 12 ރަށެއްގަ އާއި އައްޑޫގެ ދެ އަވަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން މިވަގުތުު ތިބި ކަމަށް އެޗްޕީއޭ އިން ރޭ ބުންޏެވެ. އޭގެ ތެރޭގައި ނުވަ ރިސޯޓު ހިމެނެ އެވެ.
މިހާތަނަށް 5،679 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު 3،208 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ޗިކުންގުންޔާ ފެތުުރޭ ވަރު ވަރަށް ބޮޑަށް އިތުރު!
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ!