17 އޯގަސްޓް 2020
ކޮވިޑް-19 އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކަކަށް ތުހުމަތުކުރެވޭ އަމަލްތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެކަން ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކަކަށް ތުހުމަތުކުރެވޭ އަމަލްތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެކަން ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުމަކީ ފިޔަވަޅު ނާޅާ ދޫކޮށްލެވޭ ވަރަށް ވުރެން ސީރިއަސް ކޮރަޕްޝަންތަކެއް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ފަޅާއަރާފައި ވުމެވެ. މެމްބަރުން އިއްތިފާގުވެވަޑައިގަތީ ވީހާވެސް އަވަހަކަށް އެ މައްސަލަ ކޮމިޓީން ބަލަން ފުރަތަމަ އޮޑިޓަ ޖެނެރަލް ކޮމިޓީ އަށް ހާޒިރުކޮށް، ރިޕޯޓްތަކުގައިވާ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށެވެ.
ރާއްޖެ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ގަތުމުގައި ތިން ކުންފުންޏަކާ ހަވާލުކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންމަތިކޮށްފައިވާ އޮޑިޓާ ގުޅޭ ގޮތުން ޒިޔަތު ކޮމިޓީ އަށް ހާޒިރުކުރަން ފާސްކުރީ މާދަމާ މެންދުރުފަހު 2:00 އަށެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ހުށަހެޅުއްވުމަށް ވަކި ބައްދަލުވުމެއް ބާއްވާނެ ކަމަށް ކޮމިޓީ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިދު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނީ، ދެ ރިޕޯޓް އޮޑިޓަ ޖެނެރަލް ހުށަހެޅުއްވުމުން ކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފިނޭންސް މިިނިސްޓްރީ ހާޒިރުކުރަން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށް ވާ ފައިސާ ޕާފޯމަންސް ގެރެންޓީއަކާ ނުލައި ހަވާލުކުރި މައްސަލައިގަ އެވެ.
ނާޝިޒް ވިދާޅުވީ އޮޑިޓަ ޖެނެރަލާއި ކަމާ ގުޅޭ މިނިސްޓްރީތައް ހާޒިރުކޮށްގެން ރިޕޯޓުގައިވާ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅަން އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމާ މެދު އިޖުރާއަތުތަކާ އެއްގޮތަށް ނިންމުމެއް ނިންމާނެ ކަމަށެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ތިން ކުންފުންޏަކާ ހަވާލުކުރި މައްސަލަ ތަހުގީގު ކުރަން ލަފާދީފަ އެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް 145 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަން އެކުލެވިގެންވާ ގޮތަށް ކަން އޮޑިޓުން އޮތީ ހާމަވެފަ އެވެ. ހަމައެގޮތަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވެސް ވަނީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން ފަޅާއަރާފަ އެވެ.
ވެންޓިލޭޓަރުގެ އިތުރުން އެސްޓީއޯއަށް 32 މިލިއަން ރުފިޔާއަށް ހަވާލުކުރި ބަލިން ރައްކާތެރިވުމުގެ ސާމާނަށް ވީ ގޮތް ވެސް ނޭނގޭ ކަމަށް، ރިޕޯޓްގައި ބުނެފައިވެ އެވެ.
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
ދެ އޮޑިޓާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް
ކޮވިޑާ ގުޅޭ އޮޑިޓް ރިޕޯޓްތައް ކޮމިޓީން ދިރާސާކުރަނީ
އެއްބަސްވުން ބާތިލްކޮށް ފައިސާ ހޯދަން ހެލްތަށް ވަނީ އަންގާފައި
ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު
ގެރެންޓީއާ ނުލައި ފައިސާދޭން ހުއްދައެއް ނުދެން: އަމީރު