Roadha Mihaaru
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް

ބިޑް ކޮމިޓީގެ ޗެއާ އާއި ފައިނޭންޝަލް އެގްޒެކެޓިވް މަޖިލީހަށް ހާޒިރުކުރަން އަމުރެއް ނެރެނީ

24 އޯގަސްޓް 2020

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ މައްސަލަތައް ބަލަން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިޝާމާ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ކޮމިޓީ އަށް ހާޒިރުކުރަން އަމުރެއް ނެރެން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ މައްސަލަތައް ބަލަން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިޝާމާ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ކޮމިޓީ އަށް ހާޒިރުކުރަން އަމުރެއް ނެރެން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިިފި އެވެ.

ދުބާއީގެ އެގްޒެކެޓިވް ޖެނެރަލް ޓްރޭޑިން އާއި ރާއްޖޭގެ މެޑްޓެކް އަދި ނާޑްއާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ އެކު ބިޑް ކޮމިޓީގެ އިތުރުން ފައިނޭންޝަލް އެގްޒެކެޓިވް މިއަދު 11:00 އަށް މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވާނެ ކަމަށް ހެލްތު މިނިސްޓްރީން މަޖިލީހަށް އަންގައިފައި އޮތަސް އެ މީހުންނަށް ވަކި އެންގުމެއް އަންގައިފައެއް ނުވެ އެވެ. މިނިސްޓަރު އަމީންއާ އެކު ނުވަ ބޭފުޅަކު ކޮމިޓީ އަށް ޖަވާބުދާރިވެވަޑައިގަތުމަށް މަޖިލީހަށް ވަޑައިގަތެވެ.

ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒް ވެސް ވިދާޅުވީ އޮޑިޓާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން ކޮމިޓީން ނިންމުމުން، މިނިސްޓަރު އަަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 ބޭފުޅަކު މިއަދު ކޮމިޓީ އަށް ވަޑައިގަންނަވާނެ ކަން ހެލްތު މިނިސްޓްރީން އެންގި ކަމަށެވެ. ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ވަޑައިނުގަތީ ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ އާއި އަސްލަމެވެ.

ދެ ބޭފުޅުން ހާޒިރުވާން އުޒުރުވެރިވެވަޑައިގަތީ، ނާޝިޒް ވިދާޅުވި ގޮތުގައި، ހެލްތުގެ އޮޑިޓުގައިވާ މައްސަލަތަކަކީ ފުލުހުންނާއި އޭސީސީން ތަހުގީގުކުރާ މައްސަލަތަކަކަށް ވުމާއެކު ކޮމިޓީގައި މައުލޫމާތު ހިއްސާ ނުކުރަން އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ލަފާ ދެއްވާފައިވާތީ އެވެ.

ނިޝާމާ އާއި އަސްލަމަކީ އޮޑިޓު ރިޕޯޓުން އެންމެ ބޮޑު ތުހުމަތުކުރެވޭ ދެ ބޭފުޅުންނަށްވާ އިރު، ކޮމިޓީ އަށް ވަޑައިނުގަތުމުން މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މުހިއްމު ދެ ބޭފުޅަކާ ނުލައި ކޮމިޓީ ކުރިއަށް ގެންދަން ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން، ކަމާގުޅޭ 11 ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރުމުގެ އަމުރެއް ނެރެން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

އޭނާ ހުށަހެޅުއްވީ ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް އަންގާފައިވާ 11 މެމްބަރުން މާދަމާ މެންދުރުފަހު 2:00 އަށް ހާޒިރުކުރުމަށެވެ. ހެލްތު މިނިސްޓަރު އަމީން މަޖިލީހުގައި ވަޑައިގެން އިންނެވުމާ އެކު، ބައްދަލުވުން ކުރިއަށް ގެންދަން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުނެވެ.

ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ހެލްތުގެ ޚިޔާނާތާ ގުޅޭ ގޮތުން މިނިސްޓަރާއި ބިޑް ކޮމިޓީގެ އިތުރުން ފައިނޭންޝަލް އެގްޒެކެޓިވްއާ ސުވާލުކުރަން ޖެހޭއިރު، އެކަމާ ގުޅޭ މުހިއްމު ލިޔެކިޔުންތަކެއް ކޮމިޓީގެ މެމްބަރުންނަށް މިހާތަނަށް ނުލިބޭ ކަމަށެވެ. އޭނާ ހުށަހެޅުއްވީ އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާއި އެ ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރު ހޯދަން ލަފާދީފައި ނުވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނާ ލިއުން ހޯދައިދިނުމަށެވެ. މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ތާއީދު ކުރެއްވި އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ނާޝިޒް ވިދާޅުވީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ ހުރިހާ ލިއުންތަކެއް ހޯދަން އެދިފައިވާ ކަމަށެވެ.

އެ މައުލޫމާތުތައް ކޮމިޓީގެ މެމްބަރުންނާ މާދަމާ ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މާލެތެރޭގައި ކޮވިޑް ފެތުރި އާއްމުންގެ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް މެދުވެރިވުމުގެ ކުރިން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރި ކަމެކެވެ. ހެލްތު މިނިސްޓްރީގެ ބަޖެޓުން ވެންޓިލޭޓަރުތައް ގެންނަން ނިންމައި ބީލަމަށް ނުލައި ކުންފުނިތަކެއް ހޮވީ އަވަހަށް ގެނައުމުގެ ބޭނުމުގައި ކަމަށް ހެލްތު މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދިނެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކުރިއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ދުބާއީގެ އެގްޒެކިއުޓާސް އަށް ނާޖާއިޒު ފައިދާ ހޯދައި ދިން މައްސަލަ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލައަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއިކުރުމުގެ މާ ކުރިން ކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ. ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ އެޕްރީލް ދެ ވަނަ ދުވަހު ދޫކުރިއިރު އެއްބަސްވުމުގައި ކުންފުނިން ސޮއިކުރީ، އެނގިފައިވާ ގޮތުގައި އެޕްރީލް 15ގަ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.