Roadha Mihaaru
"ކޮރަޕްޝަން ހުއްޓުވަން މަޖިލިސް އޮތީ ސާބިތުވެ"

ކޮރަޕްޝަނާ ދެކޮޅަށް މަޖިލިސް އޮތީ ސާބިތުކާމާ އެކީ: އާދަމް ޝަރީފް

19 އޯގަސްޓް 2020

ކޮރަޕްޝަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރަޕްޝަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަން ހުއްޓުވަން ގޮވާލައި ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވުމަށް ފަހު، ބަހުސް މަރުހަލާގައި އާދަމް ޝަރީފް ވިދާޅުވީ، މައްސަލަ މަޖިލީހަށް ބަލައިގަތުމަކީ ވެސް މަޖިލީހުން ކޮރަޕްޝަނާ ދެކޮޅަށް މަސައްްކަތްކުރާ ކަން ދޭހަވާ ކަމެއް ކަމަށެވެ. ކުއްލި މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާ ކުރި ކަމަށްޓަކައި އާދަމް ޝަރީފް ރިޔާސަތަށް ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މި ބާވަތުގެ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރެއްވުމަށް އަދި މިކަމަށް، ކަރަޕްޝަނަށް އޮތް މަގުތައް ބަންދު ކުރެއްވުމަށްޓަކައި ވަރަށް ހީވާގި ކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއްކަން،" އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑުމެން އެބަ ކެހޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވެއްޖެއްޔާ މިކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށް، އަޅުގަނޑުމެން މި މައްސލަަތައް ހައްލުކުރާނެ ގޮތްތަކެއް ހޯދަން--- އާދަމް ޝަރީފް

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުން އެގޮތަށް މަސަައްކަތް ކުރި ނަމަވެސް ގާނޫނާއި ގަވައިދުތައް ހުރި ގޮތުގެ ސަބަބުންނާއި މުއައްސަސާތަކުން ކަންތައްތައް ކުރަމުންދާ ގޮތުން ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ. އެގޮތުން ތަންތަނުގެ ވެރިން އެކަހެރިވެލާފައި ދަށުގައި ތިބި މީހުން ލައްވައި ކޮރަޕްޝަން ހިންގޭނެ މަގު އަދިވެސް ފަހިވެފައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވެއްޖެއްޔާ މި ކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށް، އަޅުގަނޑުމެން މި މައްސލަަތައް ހައްލު ކުރާނެ ގޮތްތަކެއް ހޯދަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގަައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ކުރި މަސައްކަތުގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ ކަންތައްތަކުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ މައްސަލައެއް ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި އޮތް ނަމަވެސް އޭނާގެ އިހުމާލު އެކަމުގައި އެބަ އޮތެވެ. ހަމަ އެކަނި ފައިނޭންސް އެގްްޒެކެޓިވް އަކަށް ހުރިހާ ކަމެއް ދޫކޮއްލަވައިގެން އަމީރު ހުންނެވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ދައުލަތުގެ ރިޒާވްގެ އެހާ ގިނަ ފައިސާ ނުމެ ނެތް އިރު، މިހާ ބައިވަރު ފައިސާ ހަރަދުވެގެން ދާއިރު މާލީ ވަޒީރު އެބަޖެހޭ ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަން،" އޭނާ ވިދާޅުވި އެވެ.