އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ބީޖީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ޖާގަ ހޯދައިފި އެވެ.
25 އޮކްޓޯބަރ 2016
އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ބީޖީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ކުއާޓާގައި އަންނަ އާދީއްތަ ދުވަހު ނިއު ރޭޑިއަންޓާ ވާދަކުރުމުގެ ފުރުސަތު ބީޖީ ހޯދީ މިއަދު ހަވީރު ދެ ވަނަ ބުރުގައި ވޭރު ސްޕޯޓްސް ކްލަބް އަތުން 8-0 އިން މޮޅުވެގެންނެވެ. އަދި ފަހު ކުއާޓާގައި އަންނަ މަހުގެ 2 ވަނަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ވާދަކުރާނެ ޓީމަކަށް ޔުނައިޓެޑް ވިކްޓަރީ ހޮވުނީ ދެ ވަނަ ބުރުގައި މިރޭ ވިލިމާލޭ ޔުނައިޓެޑް އަތުން 6-0 އިން މޮޅުވެގެންނެވެ.
ވޭރު އަތުން މިއަދު ހަވީރު ބީޖީ މޮޅުވި އިރު އެ ޓީމުގެ ކިންގްސްލީ އެލެޗީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ފަސް ލަނޑު ޖެހީ ހުސެއިން އަފްސަލް އާއި އަހުމަދު އުސާމާއި އިބްރާހިމް އަފްލާހާއި އިބްރާހިމް ހަމްދާން އަދި އިބްރާހިމް ރަޝީދު އަބޫބަކުރު (ކަކާ) އެވެ.
މި މެޗުގެ ކުރީކޮޅު ބީޖީން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް އެ ހާފުގެ ބާކީބައިގައި ވޭރު ސްޕޯޓްސް އިން ވަނީ ބީޖީ ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ބީޖީން ޖެހި ތިން ވަނަ ލަނޑާ އެކު އެ ޓީމު ފުލުފުލުގައި ގޯލް ޖެހި އެވެ. ލަނޑުގެ އަދަދު ދެ އަކުރަށް ބަދަލުކުރަން ގިނަ ފުރުސަތުތަކެއް ލިބި ބީޖީ އަށް ވަނީ ބޭކާރުވެފަ އެވެ.
މިރޭ ވިލިމާލެ ޔުނައިޓެޑް އަތުން ޔުނައިޓެޑް ވިކްޓަރީ މޮޅުވި މެޗުގައި އެ ޓީމުގެ ކެރިކް އަންދްރޭ ދެ ލަނޑު ޖެހި އެވެ. އަނެއް ހަތަރު ލަނޑު ޖެހީ އަލީ ހައިޝަމް އާއި މަހުމޫދު އަލީ އާއި ނާވީ މުހައްމަދު އަދި ހުސެއިން ޝިމާޒެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. ތިން ވަނަ މެޗުގައި އަންގާރަ ދުވަހު އޮންނާނީ ކްލަބް ވެލެންސިއާ އާއި ވިކްޓަރީގެ މެޗެވެ.
ކުއާޓާ ފައިނަލް 1: ނިއު ރޭޑިއަންޓް - ބީޖީ ސްޕޯޓްސް (30 އޮކްޓޯބަރު 2016) ކުއާޓާ ފައިނަލް 2: އީގަލްސް - ޓީސީ ސްޕޯޓްސް ކްލަބް (31 އޮކްޓޯބަރު 2016) ކުއާޓާ ފައިނަލް 3: ވެލެންސިއާ - ވިކްޓަރީ (1 ނޮވެމްބަރު 2016) ކުއާޓާ ފައިނަލް 4: މާޒިޔާ - ޔުނައިޓެޑް ވިކްޓަރީ (2 ނޮވެމްބަރު 2016)
ފަހުހާފުގެ ލަނޑުތަކުން ޔޫވީ ބަލިކޮށް މާޒިޔާ ސެމީ އަށް
އެފްއޭ ކަޕުގެ ތިން ވަނަ މަގާމް ނިއު ހޯދައިފި
ޔޫވީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ވެލެންސިއާ އަށް
ވެލެންސިއާ އަށް އަހަރަށް ފަހު ފައިނަލެއްގެ އުއްމީދުގައި
މާޒިޔާ ކަޓުވާލައި ޔުނައިޓެޑް ވިކްޓަރީ ސެމީ އަށް
ޕެނަލްޓީ ޖަހައިގެން ބީޖީ ބަލިކޮށް ނިއު ސެމީ އަށް
އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ
ޔ. ވިކްޓަރީއާ އެއްވަރުވެ ބީޖީ އަށް އުނދަގޫތަކެއް
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ޔުނައިޓެޑް ވިކްޓަރީން ފުރުސަތު ނަގާލައިފި