ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންނަށް ކުދިކުދި ފަރުވާ ދޭ ޚާއްސަ ފެސިލިޓީއެއްގެ ގޮތަށް ތާޖުއްދީން ސްކޫލް (ޓީއެސް) ތައްޔާރު ކުރަން ސަރުުކާރުން ފަށައިފި އެވެ.
27 އޯގަސްޓް 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންނަށް ކުދިކުދި ފަރުވާ ދޭ ޚާއްސަ ފެސިލިޓީއެއްގެ ގޮތަށް ތާޖުއްދީން ސްކޫލް (ޓީއެސް) ތައްޔާރު ކުރަން ސަރުުކާރުން ފަށައިފި އެވެ.
އައިޖީއެމްއެޗު ކައިރީގައި ހުންނަ ތާޖުއްދީން ސްކޫލް، ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭ އެސްޓީއޯ އިން މިއަދު ބުނީ، އެއީ 19 އެނދުގެ ފެސިލިޓީއެއް ކަމަށެވެ. މިއީ އެ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭ ފެސިލިޓީއެއްގެ ގޮތަށް ސްކޫލެއް ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ވަނީ ކޮވިޑާ ގުޅިގެން އެކި ސަބަބުތަކާ ހެދި ހާލުގައި ޖެހުނު ބައެއް މީހުންނާއި ވަގުތީ ގޮތުން އެކަހެރި ކުރަން ޖެހުނު ބައެއް ބިދޭސީން މާލޭގެ ބައެއް ސްކޫލުތަކުގައި ބައިތިއްބައިފަ އެވެ. ނަމަވެސް ކޮވިޑް ފަރުވާދޭ ތަނެއްގެ ގޮތުގައި މީގެ ކުރިން ސްކޫލެއް ބޭނުމެއް ނުކުރެ އެވެ.
އެސްޓީއޯގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކޮށްދޭ ކަމަކީ ޓީއެސްގެ ފެސިލިޓީ އަށް ބޭނުންވާ ތަކެތި އިންސްޓޯލް ކޮށްދިނުން ކަަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެނދުތައް ބަހައްޓައި ދިނުން ފަދަ ކަންކަމެވެ.
"އެ ތަނަށް ބޭނުންވާ ހުރިހާ ތަކެތި ފޯރުކޮށްދެނީ ސަރުކާރުން. އަޅުގަނޑުމެން ކޮށްދޭ ކަމަކީ ހަމައެކަނި އެ ތަކެތި އިންސްޓޯލް ކޮށްދިނުން،" އޮފިޝަލް ވިދާޅުވި އެވެ.
ޓީއެސްގެ ފެސިލިޓީ ބޭނުންކުރާނީ ކޮވިޑަށް ޕޮޒިޓިވް ވެގެން ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންނަށް ކުދިކުދި ފަރުވާދޭ ތަނެއްގެ ގޮތުގަ އެވެ. އެގޮތުން، މާލޭގައި ހޯމް އައިސޮލޭޝަންގައި ހުރި މީހަކު، ހަކުރު މަތިވެ، ނުވަތަ އައިވީ ގުޅަން ޖެހިއްޖެ ހާލަތެއްގައި ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ގެންދާނީ ޓީއެސް ފެސިލިޓީ އަށެވެ. އެ ފަރުވާ އަށް ފަހު އަނެއްކާ ވެސް އެ މީހަކު ހޯމް އައިސޮލޭޝަނަށް ދޫކޮށްލާނެ އެވެ.
STO has started building a 19-bed setup at Thaajuddeen School to increase capacity to care for Covid-19 patients. #StaySafe pic.twitter.com/8o1CWmGutP
— STO Plc (@stoplc) August 27, 2020
އެސްޓީއޯގެ ޓްވީޓް
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުންދާ ނަމަ، ފަރުވާ ދޭނެ ތަންތަނާއި ވަސީލަތްތައް މަދުވުމުގެ ބިރު އެބައޮތް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.
ކޮވިޑް ޖެހިގެން މިހާރު މީހުން އެޑްމިޓް ކުރަނީ ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަންޏެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 7،000 އިން މަައްޗަށް ގޮސް، މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް އެޗްއީއޯސީ އިން ދަނީ ބުނަމުންނެވެ. އޭގެ ތެރެއިން 2،600 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް ފަރުވާ ދެމުން ދާއިރު، 28 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
ކޮވިޑްގެ ޕީސީއާރު ޓެސްޓު ހެދެނީ ހަތަރު އަތޮޅަކުން
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
ކޮވިޑް ޓެސްޓު ހެދުން ތާޖުއްދީން ސްކޫލަށް
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ވެކްސިންނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭ
ކުޑަކުދިން ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ
މާލޭގައި ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި