30 އޯގަސްޓް 2020
އިނގިރޭސި ވިލާތުގެ ޓޫރިސްޓުން ރާއްޖެ އައުމުގައި ލުއި ގޮތެއް ހޯދުމަށް އެ ގައުމުގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ޓޫރިސްޓުން ރާއްޖެ އައުމުގައި ލުއި ގޮތެއް ހޯދުމަށް އެ ގައުމުގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15ގަ އެވެ. އެ ދުވަހުން ފެށިގެން އިނގިރޭސި ވިލާތުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. ނަމަވެސް އެނބުރި ގައުމަށް ދިއުމުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭތީ އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އިނގިރޭސި ވިލާތުން ވަނީ ގާތްގަނޑަކަށް ފަންސާހަކަށް ގައުމަކަށް ދަތުރު ކުރުމުގައި ލުއި ދީފަ އެވެ. މީގެ ތެރޭގައި ޓޫރިސްޓު މަންޒިލްތައް ހިމެނެ އެވެ. އެ ގައުމުތަކުން އެނބުރި އިނގިރޭސި ވިލާތަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާ ހަވާލާދީ ބޭރުގެ ނޫހެއްގައި ބުނެފައިވަނީ ހޫނު މޫސުމަށް ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ރާއްޖެއަކީ ޗުއްޓި ހޭދަކުރުމަށް އެންމެ ރައްކާތެރި ގައުމުކަމަށާއި ހުރިހާ ރިސޯޓެއްގައި ވެސް ޓޫރިސްޓުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ވަން އައިލެންޑް-ވަން ރިސޯޓު، ކޮންސެޕްޓުގެ ދަށުން ހުރިހާ ރިސޯޓަކީ ވެސް ޓޫރިސްޓުންނަށް ރައްކާތެރި ތަނެއްކަން ކަށަވަރު ކުރެވޭނެ. ގުދުރަތީގޮތުން ބަލާއިރު ވެސް މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ޗުއްޓީ ހޭދަކުރެވޭނެ ގައުމަކަށް ރާއްޖެ ވާނެ،" ތޮއްޔިބާ ހަވާލާދީ ބުނެފައިވެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ގައިޑްލައިނެއް ވެސް ތައްޔާރުކޮށްފަ އެވެ. ބަލީގެ އަލާމާތްތައް ފެންނަ ޓޫރިސްޓުން ޕީސީއާރު ޓެސްޓު ހަދަން މި ގައިޑްލައިނުގައި ކަނޑައަޅާފައިވެ އެވެ. އެއްވެސް ޓޫރިސްޓަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި އޭނާ ކަރަންޓީން ކުރެވޭ އިންތިޒާމް ވެސް ޓޫރިސްޓު ފެސިލިޓީގައި ހުންނަން ޖެހޭނެ އެވެ. އަދި ޓެސްޓް ކުރުމުގެ ހަރަދު ޓޫރިސްޓު ނުވަތަ ރިސޯޓުން ކުރަންޖެހޭނެ އެވެ.
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު
ޓޫރިޒަމް އަލުން ފެށުމުގެ ބޮޑު އިވެންޓެއް މިރޭ
2020ގެ ފުރަތަމަ ޓޫރިސްޓަށް ވެ ބޮޑު އުފަލެއް
1.5 މިލިއަން ޓޫރިސްޓުން ހަމަވުމަކީ ބޮޑު ކާމިޔާބީއެއް
އެމެރިކާ ދުރު، އެކަމަކު ޓޫރިސްޓުންގެ ލޯބި ރާއްޖެއަށް
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު