ޕޯޓްލޭންޑް (އޮގަސްޓް 31) - އެމެރިކާގެ ޕޯޓްލޭންޑް ސިޓީގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ބަހުގެ ހަމަލާތައް ބަދަލުކޮށްފި އެވެ.
31 އޯގަސްޓް 2020
ޕޯޓްލޭންޑް (އޮގަސްޓް 31) - އެމެރިކާގެ ޕޯޓްލޭންޑް ސިޓީގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ބަހުގެ ހަމަލާތައް ބަދަލުކޮށްފި އެވެ.
ޕޯޓްލޭންޑުގެ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަން ޖެހޭނީ އެ ސިޓީގެ ޑިމޮކްރެޓިކް މޭޔަރު ޓެޑް ވީލާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ބައިޑަން ވިދާޅުވެފައި ވަނީ ހަމަނުޖެހުމަށް ހިތްވަރު ދެއްވާ ފަރާތަކީ ޓްރަމްޕް ކަމަށެވެ.
ޕޯޓްލޭންޑުގައި ހިންގަމުން ގެންދާ ސިލްސިލާ ހަމަނުޖެހުންތަކުގައި ހޮނިހިރު ދުވަހު ވަނީ ބަޑިން ހަމަލާދީ މީހަކު މަރާލައިފަ އެވެ. ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް، ފުލުހުންގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މެއި 25 ވަނަ ދުވަހު މަރުވުމާ ގުޅިގެން، އެ ސިޓީ އާއި އެމެރިކާގެ އެހެން ހިސާބުތަކުގައި ވަނީ ހަމަނުޖެހުންތައް ހިންގަން ފަށައިފަ އެވެ.
ޕޯޓްލޭންޑުގެ މޭޔަރު ވަނީ، ހަމަނުޖެހުން ހިންގަން އެ ސިޓީ އަށް މީހުން ނުދިއުމަށް އިންޒާރު ދެއްވައިފަ އެވެ. އަދި އެމެރިކާގައި ނަފްރަތު އުފައްދައި، މީހުން ބައިބައި ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ޓްރަމްޕް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވިދާޅުވީ ޕޯޓްލެންޑުގެ މޭޔަރަކަށް "މޮޔައަކު" ބަހައްޓައިގެން އެ ސިޓީ އަށް ލިބޭނެ ހަމަޖެހުމެއް ނޯންނާނެ ކަމަށެވެ. އަދި ފެޑެރަލް ސިފައިން އެ ސިޓީ އަށް ފޮނުވަން ޖެހިދާނެކަމުގެ އިންޒާރު ދެއްވި އެވެ.
ޓްރަމްޕަށް ރައްދު ދެއްވައި ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަމިއްލަ ސަޕޯޓަރުން ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވުމަކީ ޓްރަމްޕުގެ ބަލިކަށިކަން ކަމަށެވެ.
ހޯމްލޭންޑް ސެކްރެޓަރީކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޗާޑް ވޮލްފް ވިދާޅުވީ ޕޯޓްލޭންޑުގައި ގާނޫނު މުގުރަން ފުރުސަތު ދެނީ ޑިމޮކްރެޓިކް އޮފިޝަލުން ކަމަށެވެ.
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސް ނުކުރެވުނަސް ތެދުބަސް ބުނަން އެނގޭ: ބައިޑެން
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ޓްރަމްޕަށް ދައުވާ ކުރަން ލަފާ ދީފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން