Roadha Mihaaru
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން

ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން މަސްކް

02 ސެޕްޓެމްބަރ 2020

މިދިޔަ މަހުގެ ކުރީކޮޅު މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފަހަތަށް ޖައްސައިލުމަށް ފަހު، ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ކުރީކޮޅު މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފަހަތަށް ޖައްސައިލުމަށް ފަހު، ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި އެވެ.

އީލޮންގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރިކަން މިދިޔަ މަހުގެ 27 ގައި އިއުލާންކޮށްފައި ވަނިކޮށް އޭނާގެ މިލްކިއްޔާތު ހޯމަ ދުވަހު 115.4 ބިލިއަން ޑޮލަރަށް އެރިކަން ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް އިން ދެއްކީ ހޯމަ ދުވަހު އެވެ.

ޒަކަބާގްގްގެ މިލްކިއްޔާތަކީ މިހާރު 110.8 ބިލިއަން ޑޮލަރެވެ. އީލޮން، 49، އާއި ޒަކަބާގް، 36، އަކީ ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ތެރޭގައި ހިމެނޭ އެންމެ ޒުވާން ދެ މީހުންނެވެ.

މި ވަގުތު އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތު 200 ބިލިއަން ޑޮލަރު ހުރަސްކުރުމުގެ ޝަރަފު ވެސް ފުރަތަމަ ހޯދި އެމެެޒޯންގެ ވެރިޔާ ޖެފް ބެޒޯސް، 56، އެވެ. ދެވަނަ އަށް އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތު 114 ބިލިއަން ޑޮލަރަށް އަރާ 64 އަހަރުގެ ބިލް ގޭޓްސް އެވެ.

މިލްކިއްޔާތު 100 ބިލިއަން ހުރަސްކޮށްފައިވާ މަހުޖަނުންގެ އަދަދު އުޅެނީ އެންމެ ފަހެއްގަ އެވެ. އެ ހަތަރު މީހުންނަކީ ބެޒޯސް އާއި ގޭޓްސް އާއި އީލޮން އާއި ޒަކަބާގްގެ އެވެ.