Roadha Mihaaru
ކޮވިޑް-19: މިއަދު ގިނައީ ބަލިން ރަނގަޅުވި މީހުން

ކޮވިޑް-19: މިއަދު ގިނައީ ބަލިން ރަނގަޅުވި މީހުން

03 ސެޕްޓެމްބަރ 2020

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދަށް ވުރެ ރަނގަޅުވި މީހުންގެ ގިނަ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ،

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދަށް ވުރެ ރަނގަޅުވި މީހުންގެ ގިނަ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ،

އެޗްޕީއޭ އިން މިރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 ކޮވިޑަށް އަލަށް ޕޮޒިޓިވްވީ 141 މީހުންނެވެ. އަދި ރަނގަޅުވީ 153 މީހުންނެވެ.

މިއަދު އަލަށް ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ މިހާރު 8،281 އެވެ. ރަނގަޅުވި މީހުންގެ ޖުމްލައަކީ 5,483 އެވެ. އެހެންވެ ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2,769 އެވެ. އެޗްޕީއޭން މިރޭ ބުނިގޮތުގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 157 މީހަކަށް މިހާރު އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންވެ. އަދި 1،304 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މާލޭގެ އިތުރުން 39 ރަށެއްގައި ވެސް ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އަދި 20 ރިސޯޓެއްގައި 16 ޓޫރިސްޓުންނާއި 45 ސްޓާފުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭގައި ފުރަތަމަ އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށީ މިދިޔަ ޖުލައި މަހު އެވެ. އޭރުން ފެށިގެން ކޭސްތައް އިތުރުވަމުން އައިސް މިހާރު ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ އާ ކޭސްތައް ދަނީ ފެންނަމުންނެވެ.