Roadha Mihaaru
ވޭމަންޑޫ މޮނިޓރިން އަށް ލައިފި

ވޭމަންޑޫން މާލެ ގެނައި މީހަކު ޕޮޒިޓިވްވެ، އެރަށަށް އަރައިފޭބުން މަނާކޮށްފި

09 އެޕްރީލް 2021

ތ. އަތޮޅުގެ ވެރިރަށް ވޭމަންޑޫން އިތުރު ފަރުވާ އަށް މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތ. އަތޮޅުގެ ވެރިރަށް ވޭމަންޑޫން އިތުރު ފަރުވާ އަށް މާލެ ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ވޭމަންޑޫން މާލެ ގެނައި ބަލިމީހާ ކޮވިޑަށް ޕޮޒިޓިވްވުމުން އެރަަށް މޮނިޓަރިންއަށް ލާފައި ވަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިމެންދެން ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރުނު ފަހުން ގިނަ ދުވަސްތަކެއް ވަންދެން އެބަލި ބޮޑަށް ފެތުރެމުން ދިޔައީ މާލެ ސަރަހައްދުގައި ކަަމަށް ވިޔަސް ފަހަކަށް އައިސް ގިނަ އަތޮޅުތަކަކަށް ބަލި ވަަނީ ފެތުރިފަ އެވެ. އެގޮތުން ފެތުރުނު ބައެއް ރަށްތަކުގައި ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ބަލާ ވަރަށް އެބަލި ވަނީ ފެތުރިފަ އެވެ.

ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން ދިއުމަށް ފަހު މިހާރު އަނެއްކާވެސް ވަނީ އެ ބަލީގެ ކޭސްތައް މަދުވާން ފަށައިފަ އެވެ.

ރާއްޖޭން މިހާތަނަށް 25،304 މީހުންނަށް ކޮވިޑް ޖެހުނު އިރު އޭގެ ތެރެއިން 67 މީހުން ވަނީ އެބަލީގައި މަރުވެފަ އެވެ.