Roadha Mihaaru
ކޮވިޑަށް މިއަދު ޕޮޒިވްވީ 16 މީހުން

ކޮވިޑަށް މިއަދު ޕޮޒިވްވީ 16 މީހުން

05 ޑިސެމްބަރ 2020

އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް 16 މީހަކު ކޮވިޑަށް ޕޮޒިޓިވްް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް 16 މީހަކު ކޮވިޑަށް ޕޮޒިޓިވްް ވެއްޖެ އެވެ.

ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހުންނަކީ މާލެ ސަރަހައްދުގައި ތިބި ބައެކެވެ. މީހުން އުޅޭ އެހެން ރަށްތަކުން ފަސް މީހަކު އަދި މިހާރު ރިސޯޓަކުން ދެ މީހަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މި 16 މީހުން ހިމެނޭ ގޮތުން 2،012 މީހަކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބައްޔަށް ޓެސްޓްކުރި އެވެ.

ކޮވިޑް ފެތުރޭތީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ ހަތަރަކާ ހަމައަށް މިރޭ ވަނީ އިތުރުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 13,159 އެކެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 47 އެެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 848 އެވެ.