Roadha Mihaaru
70 ޑޮލަރާހެދި 19،000 ޑޮލަރުގެ ދަބަސް ގެއްލިއްޖެ

ހަތްދިހަ ޑޮލަރު ނުދެއްކުމުން 19،000 ޑޮލަރުގެ ދަބަސް ގެއްލިއްޖެ

05 ސެޕްޓެމްބަރ 2020

ކިނބޫ ހަން ބޭނުންކޮށްގެން ހަދާފައިވާ 19،000 ޑޮލަރުގެ އަތްދަބަހެއް އޮސްޓްރޭލިއާ އަށް އެތެރެކުރުމަށް ދައްކަންޖެހޭ 70 ޑޮލަރުން ސަލާމަތްވުމަށް ހުއްދަ ނެތި އެތެރެކުރުމުން އޭގެ ވެރިމީހާ އަށް އެ ގެއްލިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިނބޫ ހަން ބޭނުންކޮށްގެން ހަދާފައިވާ 19،000 ޑޮލަރުގެ އަތްދަބަހެއް އޮސްޓްރޭލިއާ އަށް އެތެރެކުރުމަށް ދައްކަންޖެހޭ 70 ޑޮލަރުން ސަލާމަތްވުމަށް ހުއްދަ ނެތި އެތެރެކުރުމުން އޭގެ ވެރިމީހާ އަށް އެ ގެއްލިއްޖެ އެވެ.

މީޑިއާތަކުން ބުނީ ފްރާންސްގެ ސެއިންޓް ލޯރެންގެ ބުޓިކަކުން އޮންލައިންކޮށް ގަތް އަގުބޮޑު އަތްދަބަސް ޕާތުގެ ބޯޑަ ފޯސް އިން އަތުލައިގަތީ އެ އަށް ދައްކަންޖެހޭ 70 އޮސްޓްރޭލިއަން ޑޮލަރު ނުދައްކައި އެތެރެކުރަން އުޅުމުން ކަމަށެވެ. ކިނބުލުގެ ހަމުން އުފައްދާފައިވާ ތަކެތި އޮސްޓްރޭލިއާ އެތެރެކުރުމަކީ މަނާކަމެއް ނޫނެވެ. އެކަމަކު އެފަދަ އުފެއްދުމެއް އެތެރެކުރާ ނަމަ އެކަމަށް ހާއްސަ އިމްޕޯޓް ހުއްދައެއް ނަގަން ޖެހެ އެވެ.

އަތްދަބަސް އެތެރެކުރި މީހާ އަށް ދިމާވި ގޮތާ ބެހޭ ގޮތުން، އޮސްޓްރޭލިއާގެ އެންވަޔަރަމަންޓް މިނިސްޓަރު ސޫޒަން ލީ ވިދާޅުވީ މިކަމުން ސާބިތުކޮށްދިނީ ކޮންމެ ކަމެއް ވެސް ކުރެވޭނީ އުސޫލުގެ ތެރެއިން ކަމެވެ. އެހެންވެ މިފަދަ ކަންކަން ހަނދާނުގައި ބެހެއްޓުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އަތްދަބަހަށް ދަައްކަން ޖެހޭ ފީ ނުދެއްކި މައްސަލާގައި އަންހެން މީހާއާ ހަވާލާދީ އޮސްޓްރޭލިއާގެ އެގްރިކަލްޗަ، ވޯޓާ އެންޑް ދަ އެންވަޔަރަމަންޓް ޑިޕާޓްމަންޓުން ބުނީ އެގޮތަށް ދިމާވީ އަންހެން މީހާ ދަބަސް ގަންނަން ބޮޑު އަގެއް ހޭދަކުރަން ޖެހުމުން ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެހެންވެ އޭނާއާ ދޭތެރޭ އިތުރު ފިޔަވަޅެއް ނާޅަން ވަނީ ނިންމައިފަ އެވެ. އަދި ދަބަސް ނައްތައިލަން ވަނީ ނިންމައިފަ އެވެ.

އޮސްޓްރޭލިއާގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ދިރޭތަކެތީގެ ހަން ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ހުއްދަ ނެތި އެތެރެކުރާ ނަމަ 10 އަހަރުގެ ޖަލު ހުކުމަކާ އެކު 222،000 އޮސްޓްރޭލިއާ ޑޮލަރުން ޖޫރިމަނާކުރެވޭނެ އެވެ.

އެހެންވެ އެފަދަ އުފެއްދުމެއް އުފެއްދުމެއް އެތެރެކުރާ ނަމަ އޮސްޓްރޭލިއާ އިން އަމަލުކުރަމުން އަންނަ ކޮންވެންޝަން އޮން އިންޓަނެޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓްސް)ގެ އޮސްޓްރޭލިއާ މެނޭޖަމްޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ