Roadha Mihaaru
ޑޮކްޓަރަކަށް ހެދިގެން އަށް މަސް ވަންދެން އުޅެފި

އޮސްޓްރޭލިއާ މީހަކު ޑޮކްޓަރަކަށް ހެދިގެން އަށް މަސް ވަންދެން އުޅެފި

12 އޯގަސްޓް 2021

ޑޮކްޓަރަކަށް ހެދިގެން އަށް މަސް ވަންދެން އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ އަންހެނެއް ފަޅާއަރައި އޭނާގެ މައްސަލަ ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑޮކްޓަރަކަށް ހެދިގެން އަށް މަސް ވަންދެން އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން ދިޔަ އަންހެނެއް ފަޅާއަރައި އޭނާގެ މައްސަލަ ބަލަން ފަށައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޑޮކްޓަރަކު ހެދިގެން އުޅުނީ 27 އަހަރުގެ މީހެކެވެ. އޭނާ މަސައްކަތްކުރީ ސިޑްނީގެ ބޭންކްސްޓައުން-ލިޑްކޯމްބް ހޮސްޕިޓަލްގަ އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޑޮކްޓަރަކަށް ހެދިގެން އުޅުނު މީހާގެ ހަގީގަތް ފަޅާއެރީ އޮސްޓްރޭލިއަން ހެލްތު ޕްރެކްޓިޝަނާ ރެގިއުލޭޝަން އެޖެންސީ (އޭއެޗްޕީއާރްއޭ) އިން ކުރިއަށް ގެންދިޔަ ރިވިއުއެއްގެ ތެރެއިންނެވެ. އޭނާ އަކީ ޑޮކްޓަރުކަމުގެ ލައިސަންސް ނެތް މީހެއްކަން ކަށަވަރުވުމާ އެކު ހޮސްޕިޓަލްގެ މަސައްކަތްތަކުން އެ މީހާ ވަނީ އެކަހެރިކޮށްފަ އެވެ.

ހޮސްޕިޓަލުން ހޯމަ ދުވަހު ބުނި ގޮތުގައި އަންހެން މީހާގެ ހަގީގަތް އެނގުމާ އެކު އެ މައްސަލަ ޕޮލިހުންނަށް ހުށަހެޅުމުގެ އިތުރަށް އޭއެޗްޕީއާރްއޭ އިން މިހާރު ވަނީ އެތެރޭގެ ތަހުގީގެއް ވެސް ފަށައިފަ އެވެ.

އޭއެޗްޕީއާރްއޭ އިން މިހާރު އަންނަނީ އަންހެން މީހާގެ މައްސަލަ ބަލަމުން.

އޭއެޗްޕީއާރްއޭ އިން މިހާރު އަންނަނީ އަންހެން މީހާގެ މައްސަލަ ބަލަމުން.

ހޮސްޕިޓަލްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޑޮކްޓަރަކަށް ހެދިގެން އުޅުނު މީހާ ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން މައްސަލަ މި ހަފުތާގައި ފަޅާއެރުމާ ހަމައަށް އެތަނުގައި މަސައްކަތްކޮށްފަ އެވެ. އަދި އޭނާގެ މަސައްކަތް މިހާތަނަށް ސުޕަވައިޒް ވެސް ކޮށްފައިވެ އެވެ.

ނަމަވެސް މި އަންހެން މީހާ އަކީ ޑޮކްޓަރުކަން ކިޔަވަން ހެދި ފަހު އިމްތިމާނުން ފެއިލްވުމުން ޖޫނިއާ ޑޮކްޓަރެއްގެ ފޭކް ލިޔެކިޔުންތައް ހަދައިގެން އުޅުނު މީހެކެވެ. މި މައްސަލާގައި އޭނާގެ މައްޗަށް އަދި އެއްވެސް ދައުވާއެއް ނުއުފުލަ އެެވެ.

ޑޮކްޓަރުންނަށް ހެދިގެން ބައެއް މީސްމީހުން ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މައްސަލަ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ދޭތެރެ ދެތެރެއިން ދިމާވާ މައްސަލައެކެވެ.