އޮސްޓްރޭލިއާ އަންހެނެއްގެ ޓޮންސިލް އޮޕަރޭޝަނަށް ފަހު، ވާހަކަ ދައްކާ އެކްސެންޓް ބަދަލުވުމުން އޭނާ އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކައިފި އެވެ.
16 މެއި 2021
އޮސްޓްރޭލިއާ އަންހެނެއްގެ ޓޮންސިލް އޮޕަރޭޝަނަށް ފަހު، ވާހަކަ ދައްކާ އެކްސެންޓް ބަދަލުވުމުން އޭނާ އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކައިފި އެވެ.
ޖީ މެކްޔެން ކިޔާ މީހާ ޓިކްޓޮކްގައި ބުނި ގޮތުގައި މިދިޔަ ހަފުތާގެ ފަހުކޮޅު ޓޮންސިލް އޮޕަރޭޝަނަށް ފަހު ވާހަކަ ދައްކާ އިރު އޭނާގެ އެކްސެންޓް މިހާރު ހުންނަނީ އަޔަލެންޑް މީހުން ވާހަކަ ދައްކާ ގޮތަށެވެ. އެކަމަކު ދުވަހަކު އެ ގައުމަށް ނުވެސްދާ ކަމަށާއި އުފަންވީއްސުރެ ވާހަކަ ދައްކަނީ އޮސްޓްރޭލިއާގައި އާންމުކޮށް ވާހަކަ ދައްކައި އުޅޭ އެކްސެންޓުން ކަމަށް ބުންޏެވެ.
"އޮޕަރޭޝަން ކުރި ދުވަސް ނޫން އަނެއް ދުވަހު ހެނދުނު ހޭލި އިރު އައިރިޝް އެކްސެންޓްގައި ހުރެފައި އަނެއްކާ އޮސީ އެކްސެންޓަށް ބަދަލު ވެސް ވި،" މެކްޔެން ބުންޏެވެ.
އޭނާ ކިޔައި ދިން ގޮތުގައި އަލުން އައިރިޝް އެކްސެންޓަށް ބަދަލުވިކަން އެނގުނީ ރައްޓެއްސަކަށް ގުޅައިގެން ވާހަކަ ދައްކަން އުޅެނިކޮށް އެކުވެރިޔާ އަށް އެކަން ފާހަގަކުރެވިގެން ކަމަށެވެ.
"ދިހަ ވަރަކަށް ވަރަކަށް މިނިޓް ވާހަކަ ދެއްކި ފަހުން އޭނަ ބުނެ އަނެއްކާ ވެސް އެކްސެންޓް ތަފާތުވެއްޖޭ. ދެން އަހަންނަށް ވެސް އެކަން ފާހަގަވި. ހަމަ ވަރަށް ބޮޑަށް ތަފާތު އެނގޭ ވަރަށް އަހަރެންގެ އެކްސެންޓް މިހާރު ހުރީ އައިރިޝްކޮށް،" މެކްޔެން ބުންޏެވެ. "އަހަންނަކަށް ނޭނގޭ މިކަމާ ހަދާނެ ގޮތެއް. ވަރަށް ކަންބޮޑުވެފައި މި ހުންނަނީ."
މި މައްސަލާގައި ޑޮކްޓަރަށް ދެއްކުމުން ވިދާޅުވެފައި ވަނީ މެކްޔެން އަށް ދިމާވެފައި ވަނީ ވަރަށް ނާދިރު ހާލަތެއް ކަމަށްވާ ފޮރީން އެކްސެންޓް ސިންޑްރޯމް ކަމަށެވެ. މިހާތަނަށް ދުނިޔޭގައި ރިޕޯޓްކޮށްފައި ވަނީ އޭގެ 150 އެއްހާ ކޭހެވެ. ފުރަތަމަ ކޭސް ފެނުނީ 1907 ގަ އެވެ.
ފޮރިން އެކްސެންޓް ސިންޑްރޯމްއާ ބެހޭ ގޮތުން ސައިންސް ކޮމިއުނިކޭޓަރެއް ކަމަށްވާ ކާލް ކުރުޒެލްނިކީ ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ ބޮލާއި ސިކުނޑި އަށް ލިބޭ ޒަހަމްތަކާއި ސާޖަރީތަކަށް ފަހު ކަމަށެވެ. މީގެ އިތުރުން އިމިއުން ރިއެކްޝަނަކާ ހެދި ވެސް އެގޮތަށް އެކްސެންޓް ބަދަލުވެދާނެ ކަމަށް ވިދާޅުވި އެވެ.
އަނިޔާވެރި ބައިވެރިން ދޫކޮށްލާ މީހުންނަށް މާލީ އެހީ
ޑޮކްޓަރަކަށް ހެދިގެން އަށް މަސް ވަންދެން އުޅެފި
ރާޅާ އަޅާ އަސްދޫންޏަކަށް އާންމުންގެ ސަމާލުކަން
އަނބު އޮށުން ރީތި ހެދުމެއް
ތިން ދުވަހުން 7 ބައްރަށް ދަތުރުކޮށްގެން ރެކޯޑެއް
"ހައު އިޓް ސްޓާޓެޑް" ފެށުނު ގޮތް!
70 ޑޮލަރާހެދި 19،000 ޑޮލަރުގެ ދަބަސް ގެއްލިއްޖެ
"ބޮހީމިއަން ރާޕްސޮޑީ" ބަލައިގެން ދުނިޔޭގެ ރެކޯޑެއް
އަބަދު ވެޑިން ޑްރެސް ލައިގެން އުޅޭ މީހެއް
އަންހެނުންނަށް އެންމެ ރައްކާތެރީ އޮސްޓްރޭލިއާ