Roadha Mihaaru
ސީއެސްސީގެ އާ ރައީސަކަށް ނާސިހު

ސީއެސްސީގެ އާ ރައީސަކަށް ނާސިހު، ނައިބަކަށްް މުހައްމަދު ރަޝީދު އައްޔަން ކުރަން ފާސްކޮށްފި

06 ސެޕްޓެމްބަރ 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އާ ރައީސަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ހަމަޖައްސަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އާ ރައީސަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ހަމަޖައްސަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ސީއެސްސީގެ ރައީސްކަމަށް އައްޔަން ކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ހުށަހަޅަން ހުޅުވައިލި ފުރުސަރުގައި ނާސިހުގެ ނަން ފިޔަވައި އެހެން ނަމެއް ހުށަހެއް ނާޅަ އެވެ. އޭނާގެ ނަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން) އެވެ.

ސީއެސްސީގެ މެމްބަރުކަމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި، ނާސިހު އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ސީއެސްސީގެ ނައިބު ރައީސަށް ހަމަޖައްސަން މަޖިލިހުން ފާސްކުރީ ރ. މީދޫ، ބްލެކް އިބްރާހީމް ރަޝީދެވެ. އެ މަގާމަށް ވެސް އެހެން ނަމެއް މަޖިލީހުގެ ތަޅުމަށް ހުށަހެއް ނާޅަ އެވެ. ސީއެސްސީގެ ނައިބު ރައީސް ކަމަށް މުހައްމަދު ރަޝީދު އައްޔަން ކުރަން ފާސްކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ސީއެސްސީގެ އާ ހަތަރު މެމްބަރުން ވެސް މަގާމުގެ ހުވާކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.