ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
08 ޖޫން 2020
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
ސީއެސްސީގެ މެމްބަރު ކަމުން އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމީ ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ކޮމެޓީން އެ މަސައްކަތް ފެށުމުގެ ކުރިން މަޖިލީހުގެ ރައީސަށް އެކަން ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރަން ޖެހޭނެ އެވެ.
އާމިރާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރުމަށް ފަހު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމެޓީން ނިންމީ ސީއެސްސީން ސަރުކާރުގެ މިނިސްޓްރީތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ މައްސަލަ ކޮމެޓީން ބެލުމަށް ފަހު އެވެ. އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ސީއެސްސީގައި ބާކީ ދެން ތިބި މެމްބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންގެ އިތުރުން މެމްބަރު އިބްރާހިމް ޝަހީގު ވަކިކުރަން ވެސް އެ ކޮމެޓީން ކުރިން އޮތީ ފާސްކޮށްފަ އެވެ.
އެ ހަތަރު މެމްބަރުން ވަކިކުރުމަށް ކޮމެޓީން ކުރިން ތަޅުމަށް ވެސް ފޮނުވި އެވެ. އެކަމަކު އޭރު ކޮމެޓީން އެގޮތަށް ނިންމާފައިވަނީ ކޮމެޓީގައި މަދު މެމްބަރުންތަކެއް ތިއްބެވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ ކޮމެޓީއަށް އަނބުރާ އޮތީ ފޮނުވާލައިފަ އެވެ. އެހެންވެ، ކޮމެޓީން މިހާރު ނިންމާފައިވަނީ އާމިރާ ވެސް ހިިމެނޭގޮތުން ސީއެސްސީގެ ފަސް މެމްބަރުން ވަކިކުރުމުގެ މައްސަލަ އެއްކޮށް ކޮމެޓީން ކުރިއަށް ގެންގޮސް، ތަޅުމަށް ފޮނުވުމަށެވެ.
އާމިރާ އަކީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު އެ މަގާމަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގައި ދެން ތިބި މެމްބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އައްޔަންކުރި މެމްބަރުންނެވެ.
ސީއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުރިހާ މެމްބަރުން ވަކި ކުރުމުގެ މައްސަލައެއް ވެސް މަޖިލީހުގައި މިހާރު އެބައޮތެވެ. އެ މައްސަލަ މިހާރު އޮތީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގަ އެވެ.
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
މިނިސްޓަރުގެ ލަފަޔާ އެކު ޕީއެސް ނެގުން ބަދަލުކުރަނީ
އެންމެފަހުން ސީއެސްސީގެ ރައީސާއި މެމްބަރުން ވަކިކުރަނީ
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
މަޖިލީހަށް ގާބިލު މީހުން ދާން އޮތް ދޮރު ބަންދު!