އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިވިލް ސާޥިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރަކު އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް، ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ކަމަށް ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ރޭ ވިދާޅުވެއްޖެ އެވެ.
04 މާޗް 2020
އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިވިލް ސާޥިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރަކު އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް، ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ކަމަށް ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ސީއެސްސީގެ މެމްބަރުކަމުން ވަކިކުރަން ނިންމާފައި ވަނީ ޝަމީމްގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުންގެ ގޮތުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިނާއި އިބްރާހިމް ޝަހީގެވެ.
އެކަމަކު، 12 މެމްބަރުން ތިއްބަވާ ކޮމިޓީގެ ބައްދަލުވުމުގައި، ސީއެސްސީގެ ހަތަރު މެމްބަރަކު ވަކިކުރަން ފާސްކުރީ އެންމެ ތިން މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ މުގައްރިރު މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ފަސް މެމްބަރަކު އެ ބައްދަލުވުމަށް ވަޑައިގެންނެވި ނަމަވެސް ވޯޓަށް އެހި ގަޑީގައި ތިއްބެވީ ހަތަރު މެމްބަރެކެވެ. ކޮމިޓީގައި ނަގާ ވޯޓެއް އެއްވަރު ވެގެން ނޫން ގޮތަކަށް މުގައްރިރަށް ވޯޓު ނުދެއްވޭތީ ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ފާސްކުރީ އެންމެ ތިން މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ އެހެން ކޮމިޓީތަކެކޭ އެއްގޮތަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮންނަނީ އެމްޑީޕީ އަށެވެ.
ސީއެސްސީގެ ހަތަރު މެމްބަރަކު ވަކިކުރަން ކޮމިޓީން ނިންމީ އެ ކޮމިޝަންގެ މަސައްކަތް ލަސްވެ، ހިންގަން ދަތިވާ ކަމަށް ވިދާޅުވެ، އެ ބެހޭ ކޮމިޓީގައި ވަޒީރުން ނުރުހުން ފާޅުކުރައްވާފައި ވަނިކޮށެވެ.
CSC aa gulhey mashvaraa ah hurihaa vazeerun majileehugai
The most trusted news source in the Maldives
Mihaaru
ސީއެސްސީއާ ގުޅޭގޮތުން މިނިސްޓަރުންގެ ކަންބޮޑުވުންތައް---
ކޮމިޓީން އެގޮތަށް ފާސްކުރި ނަމަވެސް އެ މެމްބަރުން ވަކިކުރުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތުމުން، ސީއެސްސީގެ ހަތަރު މެމްބަރަކު ވަކިކުރުމަކީ އެ ޕާޓީން ބޭނުންވާ ގޮތް ކަމަށް ވާތީ، އެކަން ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި، ސީއެސްސީގެ ރައީސް ޝަމީމް ރޭ ވިދާޅުވީ އެ ކޮމިޝަންގެ ހަތަރު މެމްބަރަކު ވަކިކުރަން ކޮމިޓީން ނިންމާފައިވާ ނިންމުމަކީ އިންސާފުން ދިޔަ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ވަކިކުރަން ނިންމިއިރު މެމްބަރުންގެ މައްޗަށް ކުރެވޭ ވަކިވަކި ތުހުމަތުތައް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އަދިވެސް ނޭނގޭ އަޅުގަނޑުގެ އިހުމާލަކީ ކޮބައި ކަމެއް؟ ކޮމިޝަންތައް މި ހިނގަނީ ޖަލްސާ ކޮށްފައި ކަންކަން ފާސްކުރާ ގޮތަށް. އެހެންވީމާ އަޅުގަނޑުގެ އިހުމާލެއް ކަންކަމުގައި އޮތީ. އަޅުގަނޑު ހުށަހެޅި ކަމެއް، އަޅުގަނޑު ވޯޓް ދިނެއް، ނުދިނެއް. ބެލެވިގެންނޭ ކަންކަން ހޯދޭނީ،" ކުރިން މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރެއްވި ޝަމީމް ވިދާޅުވި އެވެ.
ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމީ ވެސް ތަހުގީގު ނުކޮށް ކަމަށާއި އެއީ ޑިމޮކްރެޓިކް އުސޫލާ ހިލާފު ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރެސީގެ ދިފާއުގައި ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ވާއިރު، އެފަދަ ކަންކަން ބައްލަވަންޖެހޭ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
މަގާމުގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް އިންނަވާ ޝަމީމް ވިދާޅުވި ގޮތުގައި ހަތަރު މެމްބަރުންނަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ފަރާތުން ލިޔުމުން ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އާދޭހާ އެކު، ދަންނަވަނީ ރަނގަޅަށް ކޮންމެ ބޭފުޅެއްގެ އިހުމާލަކީ ކޮބައިތޯ ސާބިތުވާ ވަރަށް ތަހުގީގުކޮށް، އަޅުގަނޑަށް ދައްކާށޭ. އެއީ އަޅުގަނޑު ވަރަށް ބޮޑު ފިލާވަޅެއްގެ ގޮތަށް ބަލައި ވެސް ގަންނާނަން. އަޅުގަނޑަކީ 35 އަހަރު ދައުލަތުގެ އެކި މަގާމުތަކުގައި ހިދުމަތް ކުރެވިފައި ހުރި މީހެއް. މިހާތަނަށް މިކަހަލަ އެއްވެސް ކަމެއް އުފެދިގެން ނެތް އަޅުގަނޑުގެ ރެކޯޑެއް،" ޝަމީމް ވިދާޅުވި އެވެ.
CSC ge Raees aa eku 4 member aku vakikuran committee in nimmaifi
The most trusted news source in the Maldives
Mihaaru
ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ނިންމުން--
ނުހައްގުން އޭނާ މަގާމުން ވަކިކޮށްފި ނަމަ ހައްގު ހޯދަން ކޮމަންވެލްތަށާއި ޖެނީވާގައި ހުންނަ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އާ ސަރުކާރާ އެކު، ކުރަންޖެހޭ ކަންކަން ކުރުމަށް މިދިޔަ ދެ އަހަރު އޭނާ ޗުއްޓީއެއް ވެސް ސަލާމެއް ވެސް ނުނަންގަވައި މަސައްކަތަށް ނުކުންނެވި ކަމަށެވެ. ވަޒީރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ގޮތަށް ބައެއް ކަންކަން ގޮސްފައިވާއިރު، ބައެއް ވަޒީރުން ސިވިލް ސާވިސްގެ ކަންކަމަށް އެހާ ފަރިތަ ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"ބައެއް ވަޒީރުން ބޭނުންވާ ގޮތަށް މުވައްޒަފުން ހަމަޖެއްސުމުގައި ސިވިލް ސާވިސް ގަވައިދުގެ ތެރެއިން ދަތިތަކެއް ހުރީ. މި ކަންކަން އިސްލާހު ކުރަން ބަލާއިރު، މިހާރު ސިވިސް ސާވިސްގެ ގާނޫނު އޮތްގޮތަކުން އެހާ ފުރިހަމަ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން މިއޮތީއެއް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިވިލް ސާވިސްގެ ތެރެއިން ވަޒީރުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް މިހާރު ވަނީ އެ ބޭފުޅުންނަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
ޝަމީމް ވިދާޅުވީ، މި ސަރުކާރުގައި ފަސް މިނިސްޓްރީ އިތުރުވުމާ އެކު، މަސައްކަތުގެ ބުރަކަން ވެސް ވަރަށް ބޮޑުވި ކަމަށެވެ. އެގޮތުން، އޮބިނޯންނަ ވަރަށް މަސައްކަތްތައް އިތުރުވުމުން 10 މުވައްޒަފަކު ބޭނުން ވެގެން މިދިޔަ އަހަރު ސަރުކާރަށް ހުށަހެޅުމުން މިހާތަނަށް ލިބުނީ ތިން މުވައްޒަފަކު ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ސީއެސްސީގެ އިތުރުން ގާނޫނީ ގޮތުން އޭނާ ޖޭއެސްސީގެ މަސައްކަތްތަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތަސް ސީއެސްސީގެ އެއްވެސް ކަމެއްގައި އިހުމާލު ވެފައި ނޯންނާނެ ކަމަށެވެ.
އޭނާ ވަޑައިނުގަންނަވާތީ، ޖޭއެސްސީގެ ބައްދަލުވުންތައް ނުބޭއްވޭ ކަމަށް ކުރާ ތުހުމަތު ތަކާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ އިންތިޒާމުތައް ހަމަޖައްސާފައި ހުންނަނީ އޭނާ ވަޑައިގެން ނެތަސް ބައްދަލުވުންތައް ބޭއްވޭ ގޮތަށް ކަމަށެވެ. އެ ތުހުމަތު ކުރެވޭއިރު، ހާޒިރީ ރިޕޯޓުތައް ބަލައި ތަހުގީގު ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ގޮވައިލެއްވި އެވެ.
"ބައްދަލުވުން ނުފެށޭތީއޭ ކިޔާ ރައީސް ވަކިކުރަންތޯ؟ ފިޔަވަޅު އެޅުމުގައި އެބައޮވޭ ނަސޭހަތް ދިނުން. އިންޒާރު ދިނުން. ދެން ވަކިކުރާ އެންމެ ބޮޑު އެއްޗަށް މިދަނީ ދެއްތޯ؟ އެ އެއްޗެހި ބައްލަވަން ވެސް ޖެހޭނެ އަޅުގަނޑު ހިތުން،" މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ޝަމީމް ވިދާޅުވި އެވެ.
ބައެއް މުވައްޒަފުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ، ބައެއް ކުށްތަކާ ގުޅިގެން އެ ފިޔަވަޅު އަޅަން ގާނޫނުގައި ވެސް ބުނާ ކަމަށެވެ. އެގޮތުން، ވައްކަމާއި މާރާމާރީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން އެގޮތަށް ވަކިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އާދޭހާ އެކު، ދަންނަވަނީ ރަނގަޅަށް ކޮންމެ ބޭފުޅެއްގެ އިހުމާލަކީ ކޮބައިތޯ ސާބިތުވާ ވަރަށް ތަހުގީގުކޮށް، އަޅުގަނޑަށް ދައްކާށޭ. އެއީ އަޅުގަނޑު ވަރަށް ބޮޑު ފިލާވަޅެއްގެ ގޮތަށް ބަލައި ވެސް ގަންނާނަން. އަޅުގަނޑަކީ 35 އަހަރު ދައުލަތުގެ އެކި މަގާމުތަކުގައި ހިދުމަތް ކުރެވިފައި ހުރި މީހެއް. މިހާތަނަށް މިކަހަލަ އެއްވެސް ކަމެއް އުފެދިގެން ނެތް އަޅުގަނޑުގެ ރެކޯޑެއް،" ޝަމީމް
މިނިސްޓަރުން ސީއެސްސީއާ ގުޅޭގޮތުން ކުރައްވާފައިވާ ޝަކުވާތައް މަޖިލީހުގެ އިތުރު ކޮމިޓީއަކުން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ގާނޫނު ބުނާގޮތަށް ކޮންމެ އަހަރަކު ވެސް އަހަރީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ރިޕޯޓަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް މަޖިލީހުން ނުބުނާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ރިޕޯޓްގައި ކޮންމެ އަހަރެއްގެ މަސައްކަތާއި އެ ކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަގަށް ރާވާ ކަންކަން ވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެންވާ މަދަދު ވެރިކަމާއި ވާގިވެރިކަމާއި ބާރުވެރިކަން އަޅުގަނޑުމެން ބޭނުން އިތުރުކުރަން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަރަށް ހަރަކާތްތެރި ނަމަވެސް އެ ކޮމިޓީގެ މެމްބަރުން ސީއެސްސީ އަށް ވަޑައިގެން މަސައްކަތްތައް ބައްލަވާފައި ނުވާ ކަމަށެވެ.
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ސީއެސްސީގެ 4 މެމްބަރަކު ވަކިކުރަން ކޮމެޓީން ނިންމައިފި
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
މަގާމުން އިސްތިއުފާ ނުދިން ޝަހީގު މަގާމުން ވަކިކޮށްފި
ސީއެސްސީން ޒަކަރިއްޔާ ވެސް އިސްތިއުފާ ދެއްވައިފި
އިންތިޚާބު ފަސްކުރާ ބިލް އަވަސްކޮށްދޭން ކޮމެޓީން އެދެފި
މިނިސްޓަރުގެ ލަފަޔާ އެކު ޕީއެސް ނެގުން ބަދަލުކުރަނީ