08 ސެޕްޓެމްބަރ 2020
ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކީމޯތެޕަރީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކީމޯތެޕަރީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ އެކްޓަރުގެ ފަރުވާގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމައިލުމާ އެކު، ދެވަނަ ބުރުގެ ފަރުވާ މިއަދު ނޫނީ ބުދަ ދުވަހު ފަށާނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން 61 އަހަރުގެ އެކްޓަރު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ.
މުމްބާއީގައި ފަރުވާ ހޯދުމަށް ފަހު، އިތުރު ފަރުވާ އަށް ސަންޖޭ ވަރަށް އަވަހަށް އެމެރިކާ އަށް ދާން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަށްޓަކައި އެ ގައުމުން ފަސް އަހަރުގެ ވިސާ ވެސް ހޯދާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ.
ސަންޖޭ އަށް ކެންސަރު ޖެހުމާ އެކު އޭނާ ވަނީ ފަރުވާ އަށް ވަގުތު ހުސްކުރުމުގެ ގޮތުން ފިލްމީ މަސައްކަތްތައް ވެސް ހުއްޓާލައިފަ އެވެ. މަސައްކަތްތަކާ ދުރުވި އިރު، ފަސް ފިލްމެއްގެ މަސައްކަތް ނުނިމި އެބައޮތެވެ.
ސަންހޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" އެވެ.
ސަންޖޭ ކެންސަރުން ރަނގަޅުވެއްޖެ
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް
ސަންޖޭ ކީމޯތެރަޕީ ހަދަން ފަށައިފި
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް
ކެންސަރު ދުވަހު ސަންޖޭގެ ތަޖުރިބާ ކިޔައިދީފި
ސަންޖޭ ދެން ނިންމާނީ "ކޭޖީއެފް: ޗެޕްޓާ 2"
ސަންޖޭ ވަރަށް ހިކިފައި!
ސަންޖޭ ބަލިވި އިރު ފަސް ފިލްމެއް ނުނިމި
ސަންޖޭ ދަތުގެ ބައްޔަކީ ފުއްޕާމޭގެ ކެންސަރު
ކެންސަރު ޖެހުނުކަން އެނގުމުން ތިން ގަޑިއިރު ރުއިން