ޕުއްޕާމޭގެ ކެންސަރު ޖެހުނުކަން މިދިޔަ ހަފުތާގައި ކަށަވަރުވި ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކީމޯތެރަފީ ފަރުވާ ހޯދަން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
19 އޯގަސްޓް 2020
ޕުއްޕާމޭގެ ކެންސަރު ޖެހުނުކަން މިދިޔަ ހަފުތާގައި ކަށަވަރުވި ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކީމޯތެރަފީ ފަރުވާ ހޯދަން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެން، 61 އަހަރުގެ އެކްޓަރަށް އެންމެ ފުރަތަމަ ފަރުވާދިން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހު، ކީމޯތެރަޕީ ފަރުވާ ހޯމަ ދުވަހުން ފެށިގެން މުމްބާއީގެ ކޮކިލާބިން ހޮސްޕިޓަލްގައި ސަންޖޭ ފަށާފައިވާ ކަމަށެވެ.
އޭނާ ކެންސަރަށް ފަރުވާ ހޯދަން ފަށާފައި މި ވަނީ ފަރުވާ އަށް ވަރަށް އަވަހަށް އެމެރިކާ އަށް ދާން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެފައި ވަނިކޮށެވެ. މީޑިއާތަކުން ބުނީ ސަންޖޭ އެމެރިކާ އަށް ނުވަތަ ސިންގަޕޫރަށް ފަރުވާއަށް ދާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ ތާކު ކަމެއް އަދި ނޭނގެ އެވެ.
ސަންޖޭ އަށް ކުއްލި ގޮތަކަށް ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނީ އޭނާގެ އަތުގައި ފިލްމީ ގިނަ މަސައްކަތްތަކެއް ވެސް ހުއްޓަ އެވެ. އެގޮތުން ދެން އެންމެ އަވަހަށް ސަންޖޭ ފެންނާނީ މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ "ސަޅަކް 2" އިންނެވެ.
މީގެ އިތުރުން "ބޫޖް: ޕްރައިޑް އޮފް އިންޑިއާ" އާއި "ތޯރްބާޒް" އާއި "ޕްރިތުވީރާޖް" އަދި "ކޭޖީއެފް: ޗެޕްޓާ 2" އަކީ ސަންޖޭގެ އަތުގައި ހުރި ފިލްމުތަކެވެ.
ސަންޖޭ ކެންސަރުން ރަނގަޅުވެއްޖެ
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް
ސަންޖޭ ކީމޯތެރަޕީގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފި
ކެންސަރު ޖެހުނުކަން އެނގުމުން ތިން ގަޑިއިރު ރުއިން
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް
ބަތަލާ ކިރަން ލޭގެ ކެންސަރަށް ފަރުވާ ހޯދަނީ
ކެންސަރު ދުވަހު ސަންޖޭގެ ތަޖުރިބާ ކިޔައިދީފި
ސަންޖޭ ދެން ނިންމާނީ "ކޭޖީއެފް: ޗެޕްޓާ 2"
ސަންޖޭ ވަރަށް ހިކިފައި!
ސަންޖޭގެ ފަރުވާ އަށް އެމެރިކާގެ ފަސް އަހަރުގެ ވިސާ