ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. މުހައްމަދު އިބްރާހިިމާއި އަލީ ރަޝީދު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
08 ސެޕްޓެމްބަރ 2020
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. މުހައްމަދު އިބްރާހިިމާއި އަލީ ރަޝީދު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ. އޭގެ ކުރިން އެ ބޭފުޅުންގެ ނަންފުޅާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދުމުން އެ ކޮމިޝަނުން އޮތީ އެ މަގާމަށް ގާބިލް ކަމަށް ނިންމައިފަ އެވެ.
ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ 16 އަހަރު ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަލީ ރަޝީދު، ޖިނާއީ ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީ ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ އެކު އެ ކޯޓުގެ ބެންޗް އެއްކޮށް ހަމަވީ އެވެ.
ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތައް ލިމިޓްކުރަންޖެހޭ
ސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އުވާލައިފި
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ފައިސަލް އާއި ޝަހީދު ހައި ކޯޓަށް އައްޔަން ކޮށްފި
ޖަލްސާއަށް ނުދާ މައްސަލައަށް ހައްލެއް ހޯދަންޖެހޭ:އޭޖީ