ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ހަމަޖައްސައިފި އެވެ.
13 ސެޕްޓެމްބަރ 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ހަމަޖައްސައިފި އެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ.
އަޑުއެހުންތައް ނިންމާލާފައި އޮތަސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އެއްކޮށް ބަދަލު އައިސްފައިވާތީ މާދަމާ އެ މައްސަލައިގެ ހުކުމެއް ނުކުރާނެ އެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ހުކުމް ކުރުމުން އެމަނިކުފާނު ގެންދަވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލައިގަ އެވެ.
މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެ މައްސަލައިގައި މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ.
އެކައުންޓް ފްރީޒްކުރުން: ބެންޗުގެ ސުވާލުތައް ދައުލަތަށް
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ފުއްގިރި މައްސަލަ: ޔާމީންގެ އިސްތިއުނާފް ނިމުމަކާގާތަށް
ވަކި ބަޔަކަށް އެއްވެސް ރަށެެއް ދޭކަށް ނާންގަން: ޔާމީން
ފުއްގިރި މައްސަލައިގެ ނިންމުންތަކުގެ އިސްތިއުނާފް ފަށަނީ
ޔާމީން މިނިވަންވީ ޗެކް ނަންބަރެއް ދިމާނުވެގެނެއް ނޫން!
ފައިސާއާ މެދު ޔާމީން އިސްކުރެއްވީ އަމިއްލަ މަންފާ