މެންޗެސްޓާ (ސެޕްޓެމްބަރު 19) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އަންނަ އަހަރު އޭނާ މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ބޭނުމިއްޔާ އެކަން ނިންމާނީ މެސީ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 19) - ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އަންނަ އަހަރު އޭނާ މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ބޭނުމިއްޔާ އެކަން ނިންމާނީ މެސީ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެސީ ބޭނުންވީ އޭނާ ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއް ބޭނުންކޮށް ކޮންމެ ސީޒަނެއް ނިމުމުން އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅައި ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅޭށެވެ. ބާސެލޯނާ އިން ބުނަނީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ދެވޭ މާއްދާގެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަަމަވެފައިވާ ކަމަށާއި މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށެވެ. ބާސެލޯނާގެ އެ ވާހަކަތަކަށް ބާރު ލިބުނީ ލަލީގާ އިން ވެސް އެ ގޮތަށް ނިންމައި ބަޔާނެއް ނެރުމުންނެވެ. އެ އަގު ދީފައި މެސީ ގެންދާނެ ކްލަބެއް މި ވަގުތު ނެތުމުން ބާސެލޯނާގައި މަޑުކުރަން މެސީ ވަނީ ނިންމައިފަ އެވެ. މެސީ މި ވަގުތު ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. މެސީ ބޭނުންނަމަ ޖެނުއަރީ މަހުން އެހެން ޓީމަކާ އެކީ ޕްރީ އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ.
ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ދެން ގުޅޭނެ ކަމަށް ގިނަ ބަޔަކު ދެކެނީ ސިޓީއާ އެވެ. އެއީ ސިޓީގެ ކޯޗު ގާޑިއޯލާގެ ވެސް އެގޮތަށް ބޭނުންވާނެތީ އެވެ. މެސީ ނުލިބުމަކީ މި ސީޒަނާ ކުރިމަތިލާއިރު ލިބުނު ގެއްލުމެއްތޯ އެހުމުން ގާޑިއޯލާ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި ނެތް ކުޅުންތެރިއަކު ލައިގެން ރޭވުންތަކެއް ރާވާނެ މީހެއް ނޫން ކަމަށެވެ.
"މީގައި ނެތް އަހަރެން އޮޅުންފިލުވައިދޭން ޖެހޭ ކަމެއް. އަހަންނަށް ހީވަނީ މެސީ އޭނާ ހިތުގައި އޮތް އެއްޗެއް ވަރަށް ރަނގަޅަށް ބުނެދީފިހެން. އެހެންވީމަ އޭނގެ އިތުރަށް އަހަރެން ދައްކާނެ ވާހަކައެއް ނެތް. އޭނަ އެ ހުރީ ބާސެލޯނާގައި އެއީ އަހަރެން ވެސް އަދި އޭނާ ވެސް ލޯބިވާ ކްލަބް،" މެސީ އަށް 2008 އިން 2012އާ ހަމައަށް ބާސެލޯނާގައި ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
"އަހަންނަށް ނޭނގެ އެހެން މީހެއް ބޭނުންވާނެ ގޮތެއް ބުނެދޭކަށެއް، އެހެންވީމަ މެސީ މި ކްލަބަކަށް (މެންޗެސްޓާ ސިޓީ) އަށް އަންނަ ނަމަ އެ ގޮތަށް ނިންމާނީ ވެސް އޭނާ. އެއީ އޭނަ އަތްމަތީގައި އޮންނާނެ ކަމެއް،"
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީން ވަނީ ބޯންމައުތުގެ ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ 40 މިލިއަން ޕައުންޑަށް ގަނެފަ އެވެ. އޭގެ އިތުރުން ވެލެންސިއާގެ ސްޕެއިން ވިންގް ފެރާން ޓޮރޭޒް ވެސް ވަނީ 21 މިލިއަން ޕައުންޑަށް ސިޓީ އަށް ބަދަލުވެފަ އެވެ. ސިޓީން އަންނަނީ އިތުރު ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސިޓީން އެންމެ ބޮޑަށް ފާރަލަނީ ނަޕޯލީގެ ކަލީދޫ ކުލިބާލީ އާއި އެތުލެޓިކޯ މެޑްރިޑްގެ ހޯސޭ ހިމެނޭޒްގެ އިތުުރުން ސެވިއްޔާގެ ޖޫލްސް ކޫންޑޭ އަށެވެ.
މިދިޔަ ސީޒަނުގެ ލީގު ކަޕް ޗެމްޕިއަންކަން ހޯދި ސިޓީ މި ފަހަރުގެ ސީޒަން ފަށާނީ ހޯމަ ދުވަހުގެރޭ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެ މެޗުގައި އަނިޔާގެ ސަބަބުން ސާޖިއޯ އަގުއޭރޯ އަށް ނުކުޅެވޭއިރު، ޕްރީ ސީޒަންގައި ރަނގަޅަށް ބައިވެރިނުވެވޭތީ އައިމެރިކް ލަޕޯޓް ވެސް ފެނުމުގެ ފުރުސަތު ކުޑަ އެވެ. ލަޕޯޓް އަށް ޕްރީ ސީޒަންގެ މުހިއްމު ދުވަސްތަކެއް ގެއްލުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.
ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރަން
ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން
މެސީގެ ހެޓްރިކާ އެކު ސިޓީ ބަލިކޮށްފި
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ސިޓީގެ ޗެއާމަން އަހަރެން ވައްކެއް ނުކުރާނެ: ގާޑިއޯލާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން